ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)448/1/2019/25
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 23 ޖުލައި 2019 00:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ޓެކްސީވޭ ބޯޑް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

        ޓެކްސީވޭ ބޯޑް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

 

        ވީމާ، މި ބޯޑް ސަޕްލައިކޮށްދިނުމަށް ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 23 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 30 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

        އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

17 ޖުލައި 2019