ދިވެހިރާއްޖެ
`
ނަމްބަރ: IUL-248-CAFA/248/2019/71
އިޢުލާން
ފިޠުރު ޒަކާތާއި މުދަލު ޒަކާތުން ލިބުން އެދޭ ފަރާތްތަކުން ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީ ވުމާ ބެހޭ
ފިޠުރު ޒަކާތާއި މުދަލު ޒަކާތުން ލިބުމަށްއެދޭ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް އެދޭ ފަރާތްތަކަށް 15 ޖުލައި 2019 އިން 01 އޮގަސްޓް 2019 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އެކަމަށް އެދޭ ފޯމު ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.
ފަގީރުންނާއި މިސްކީނންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން މިއަދުން ފެށިގެން 01 އޮގަސްޓް 2019 ވަނަ ދުވަހުގެ ނިއަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 ން 14:00 އަށް މިއިދާރާގައި އޮންނާނެއެވެ. ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު މިއިދާރާއިން ލިބި ވަޑައިގަންނަވާނެއެވެ.
ފޯމު ބަލައި ގަތުމަށް ހަމަ ޖެހިފައިވާ ސުންގަޑީގެ ފަހުން ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ފޯމު ހުށައަޅުއްވާއިރު ފޯމާއެކު ގެންނަން ޖެހޭ ތަކެތި ހަމައަށް ގެންނެވުމަށް ސަމާލުކަން ދެއްވުމަށްވެސް ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.