ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I /2019/31
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 21:22
ސުންގަޑި: 22 ޖުލައި 2019 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ / ސޮފްޓްވެއަރ ޑިވެލޮޕަރ

ވަޒީފާގެ ފުރުޞަތު


މަޤާމު:

 އެސިސްޓެންޓް މެނޭޖަރ / ސޮފްޓްވެއަރ ޑިވެލޮޕަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައި.ސީ.ޓީ ޑިޕާރޓްމަންޓް/ ހެޑްއޮފީސް

އަސާސީ މުސާރަ:

 5600 ރުފިޔާ އާއި 7400 ރުފިޔާ އާއި ދެމެދު

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60

ސެޓްފިކެޓް އެލަވަންސް:ޑިގްރީ-ބޭސިކް މުސާރައިގެ %40 ،ޑިޕްލޮމާ- ބޭސިކް މުސާރައިގެ %20

ފުޑް އެލަވަންސް: ހަޒިރުވާ ދުވަހަށް ދުވާލަކަށް 60.00 ރުފިޔާ

ޝަރުޠު:

  1. ކޮމްޕިއުޓަރ ސައިންސް/ސޮފްޓްވެއަރ އިންޖިނިއަރ/އިންފޯރމޭޝަން ޓްކްނޮލޮޖީގެ ދާއިރާއިން ޑިޕްލޮމާ ލެވެލް ނުވަތަ އެއަށް ވުރެ މަތީ ކޯހެއް ހާސިލްކޮށްފައިވުމާއިއެކު، ޑޮޓް ނެޓް ޑިވެލޮޕަރގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  2. (C#,.NET4,.NET core2 ASP.NET, MVCS, WEBAPI2, EF core, MSSQL, HTML, CSS3.JavaScript and JavaScript Frameworks) ގައި މަސަތްކަތް ކުރަން އެގޭ މީހަކަށްވުން.
  3. ޑެސްކްޓޮޕް، ވެބް އަދި މޯބައި ޕްލެޓް ފޯމްގައި މަސަތްކޮށް ތަޖްރިބާ ލިބިފައިވުން.
  4. ސޮފްޓްވެއަރތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި އަދި ޑިވެލޮޕްކުރަން އެގުން.
  5. ކޮމްޕިއުޓަރ ސިސްޓެމްސް، އެޕްލިކޭޝަން އަދި ސޮފްޓްވެއަރ އިންޓަރ ގްރޭޝަން ޑިވެލޮޕްކޮށް އަލަށް އުފެދޭ އަޕްޑޭޓްތަކަށް އަހުލުވެރިވެފައި ހުރިމީހަކަށް ވުން.
  6. ފަރިތަކަމާއިއެކު އިގިރޭސި އަދި ދިވެހިބަހުން ވާހަކަ ދައްކަން އެގޭ މީހަކަށްވުން.
  7. އައި.ސީ.ޓީ ދާއިރާގައި ދިމާވާ މައްސަލަތައް ޙައްލުކުރަން އެގޭ، ޑިޕާރޓްމަންޓްގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭނެ މީހަކަށްވުން.

މަޤާމްގެ މަސްއޫލިއްޔަތުތައް

-  ސޮފްޓްވެއަރ ތައްޔާރުކޮށް ތަރައްޤީކުރުން / ކޯޑް ކުރުން.

-  ސޮފްޓްވެއަރ ކޯޑް ޑޮކިއުމެންޓް ކޮށް އަދި ޔުނިޓް ޓެސްޓް ހެދުން.

-  ސޮފްޓްވެއަރ އަށް ދިމާވާ މައްސަލަތައް ބެލުމަށް އެ ސޮފްޓްވެއަރ ބޭނުންކުރާ މުވައްޒަފުންނާއި އެކު ވާހަކަދައްކައި އޮޅުންފިލުވުން.

- ސޮފްޓްވެއަރ ތަރައްޤީ ކުރަމުންދާ ކޮންމެ ފޭސްއެއްގައި ހިމެނޭ މަސައްކަތަކާއި، ހިމެނޭ މޮޑިއުލްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ޓެސްޓުކޮށް ބެލުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ހުށަހަޅާ ޕްރެޒެންޓޭޝަން.

ރ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

ބ. ދާއިރާގުޅޭ މަސައްކަތްތައް އެގޭ މިންވަރު ބެލުމަށް ދެވޭ ޓެސްޓް

ޅ. މަސައްކަތުގެ ދާއިރާއިން އުފެއްދުންތެރި ޙިޔާލާއި އާވިސްނުންހުރި މިންވަރު.

ކ. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.                           

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޙުން ފެށިގެން 1 ހަފްތާ ތެރޭގައި މިފްކޯ ހެޑް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ

-  އިންޓަރވިއު -------------%20

-  ޕްރެޒެންޓޭޝަން------------%30

-  ތަޢުލީމީ ފެންވަރު----------%20

-  މަސައްކަތުގެ ތަޖްރިބާ------%30

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

- ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ހެޑް އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް.

- އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުން. އަދި ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަނޑިއަކީ  22 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން.  

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

16 ޖުލައި 2019

16 ޖުލައި 2019