ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I /2019/30
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 21:11
ސުންގަޑި: 22 ޖުލައި 2019 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އެގްޒެކަޓިވް / ނެޓްވާރކް އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ފުރުޞަތު


މަޤާމު:

 ސީނިއަރ އެގްޒެކަޓިވް / ނެޓްވާރކް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައި.ސީ.ޓީ ޑިޕާރޓްމަންޓް/ ހެޑްއޮފީސް

އަސާސީ މުސާރަ:

 5،200.00 ރުފިޔާ އާއި 6،550.00 ރުފިޔާ އާއި ދެމެދު

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60

ސެޓްފިކެޓް އެލަވަންސް:ޑިގްރީ-ބޭސިކް މުސާރައިގެ %40 ،ޑިޕްލޮމާ- ބޭސިކް މުސާރައިގެ %20

ފުޑް އެލަވަންސް: ހާޒިރުވާ ދުވަހަށް ދުވާލަކަށް 60.00 ރުފިޔާ

ޝަރުޠު:

  1. އައި.ސީ.ޓީ ދާއިރާއިން ޑިޕްލޮމާ ލެވެލް ނުވަތަ އެއަށް ވުރެ މަތީ ލެވެލް ކޯހެއް ފުރިހަމަ ކޮށްފައި ވުމާއިއެކު، މަޤާމާއިގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  2. ސީ.ސީ.އެން.އޭ ނުވަތަ ސީ.ސީ.އެން.ޕީ ސެޓްފިކެޓް އޮތް މީހަކަށްވުން.
  3. އައި.ސީ.ޓީ ދާއިރާގައި ދިމާވާ މައްސަލަތައް ޙައްލުކުރަން އެގޭ، ޓީމެއް ގޮވައިގެން މަސައްކަތް ކުރެވޭނެ މީހަކަށްވުން.

 

މަޤާމްގެ މަސްއޫލިއްޔަތުތައް

- ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވަރކާއި މުވާސަލާތީ ނިޒާމް ޤާއިމްކޮށް ބެލެހެއްޓުމާއި، ކުންފުނީގެ ނެޓްވާރކް ސެކިއުރިޓީ ރައްކައުތެރިކުރުމަށް ބޭނުންވާ ޕްލޭން ތައްޔާރުކޮށް ރިވިއުކޮށް ސެކިއުރިޓީ ބެލެހެއްޓުމާއި، ހާޑްވެއަރ ސިސްޓަމްތަކާއި ނެޓްވޯކް މޮނިޓަރކޮށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ކުންފުނީގެ ސަރވަރތައް މަސައްކަތްކުރާކަން ޔަޤީންކުރުމާއި ސަރވަރތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ހުށަހަޅާ ޕްރެޒެންޓޭޝަން.

ރ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

ބ. ދާއިރާގުޅޭ މަސައްކަތްތައް އެގޭ މިންވަރު ބެލުމަށް ދެވޭ ޓެސްޓް

ޅ. މަސައްކަތުގެ ދާއިރާއިން އުފެއްދުންތެރި ޙިޔާލާއި އާވިސްނުންހުރި މިންވަރު.

ކ. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.                           

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޙުން ފެށިގެން 1 ހަފްތާ ތެރޭގައި މިފްކޯ ހެޑް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ

- އިންޓަރވިއު -------------%20

- ޕްރެޒެންޓޭޝަން------------%30

- ތަޢުލީމީ ފެންވަރު----------%20

- މަސައްކަތުގެ ތަޖްރިބާ------%30

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

- ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ހެޑް އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް.

- އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުން. އަދި ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަނޑިއަކީ  22 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން.  

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

16 ޖުލައި 2019

16 ޖުލައި 2019