ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-L/1/2019/60
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 1609
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާލެ/ހުޅުމާލޭ ގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުން

އިޢުލާން

 

މާލެ/ހުޅުމާލޭ ގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުން

މާލޭގައި އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަޑިތަކާއި ގުޅިގެން، ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ފަރާތްތަކަށް މި ޚިދުމަތް ފޯރުކޮށް ދިނުމުގައި ދަތިވަމުންދާކަމަށް ހުށަހެޅިފައިވާ ޝަކުވާތަކާއި ގުޅިގެން އެކަން އަލުން މުރާޖަޢާކޮށް، 2019 ޖުލައި 15 އިން ފެށިގެން މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ހަމަޖައްސައިފީމެވެ.

 

މާލެ/ ހުޅުމާލޭ ގައި މުދާ އުފުލުން

-         350 ކިލޯ އިން ފެށިގެން ދަށުގެ ޕިކަޕު 24 ގަޑިއިރު މާލެތެރޭގައި ޑެލިވަރީ ކުރުމާއި ހުރިހާ ބާވަތެއްގެ މުދާ އުފުލޭގޮތަށް ހަމަޖެއްސުން

-         ހެނދުނު 9:00 އިން ހެނދުނު 11:30 އަށް އަދި މެންދުރު 13:30 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭގޮތަށް ހަމަޖެއްސުން

-         ހެނދުނު 11:30 އިން މެންދުރު 13:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދުގައި މުދާ އުފުލުން މަނާކުރުން

-         ހަވީރު 18:00 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެން އަދި ގޭސް އުފުލޭގޮތަށް ހަމަޖެއްސުން

 

ބުރިޖުމަތިން މުދާ އުފުލުން

-         ހުޅުމާލެއަށް މުދާ ގެންދިއުމަށް، 2 ޓަނުން ދަށުގެ އުޅަނދަށް 24 ގަޑިއިރު ބުރިޖުމަތިން އުފުލޭގޮތަށް ހަމަޖެއްސުން (މިފަދަ އުޅަނދު ދަތުރުކުރަންވާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުންނެވެ.)

-         2 ޓަނުން މަތީގެ އުޅަނދު ބުރިޖުމަތިން ހަވީރު 18:00 އިން ހެނދުނު 06:00 އަށް މުދާ އުފުލޭގޮތަށް ހަމަޖެއްސުން

 

ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުން

-         މާލެ، ހުޅުމާލެ އަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަތަކެތި ހަވީރު 18:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭގޮތަށް ހަމަޖެއްސުން

 

އަދި ދަންނަވަމެވެ. މިގޮތަށް ހަމަޖެއްސި ނަމަވެސް، ސްކޫލް ފެށޭ ގަޑި އާއި ނިމޭ ގަޑީގައި އެ ސަރަޙައްދުގައި މިހާރެކޭވެސް އެއްގޮތަށް އެއްވެސް މުދާ އުފުލާ އުޅަނދެއް މުދާ އުފުލުމަކީ މަނާކަމެއްކަމުގައި ދެންނެވީމެވެ.

 

މިއިޢުލާނާއި ޚިލާފަށް ޢަމަލުކުރާ ފަރާތްތައް އެއްގަމު "އުޅަނދުގައި މުދާ އުފުލުގެ ގަވާއިދު" ގެ 12 ވަނަ މާއްދާގެ ދަށުން -/750ރ (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

މި އިޢުލާނާއި ގުޅިގެން މާލޭގައި ވިޔަފާރި މުދާ އުފުލުމާއި ގުޅޭގޮތުން ކޮށްފައިވާ ނަންބަރު (IUL)202-L/1/2018/25  (21 މާރިޗު 2018) އިޢުލާނު އާއި ނަންބަރު (IUL)202-L/1/2018/26 (24 މާރިޗު 2018) އިޢުލާނު އާއި ނަންބަރު (IUL)202-L/1/2018/28 (30 މާރިޗު 2018) އިޢުލާނު އާއި ނަންބަރު (IUL)202-L/1/2018/43 (13 މެއި 2018) އިޢުލާނު އާއި ނަންބަރު (IUL)202-L/1/2018/56 (26 ޖޫން 2018) އިޢުލާނު އާއި ނަންބަރު (IUL)202-L/1/2018/107 (28 ނޮވެމްބަރު 2018) އިޢުލާނު އާއި ނަންބަރު  (IUL)202-L/1/2019/03 (13 ޖަނަވަރީ 2019) އިޢުލާނު އާއި ނަންބަރު (IUL)202-L/1/2019/31 (15 އޭޕްރީލް 2018) އިޢުލާނު ބާޠިލްކޮށްފީމެވެ.

2019-07-16