ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-ADHR/88/2019/31
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 23 ޖުލައި 2019 11:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުމަށް - ގުދަން

އިޢުލާން

މިމިނިސްޓްރީގެ ބައެއް ލިޔެކިއުންތަކާއި ތަކެތި ރައްކާކޮށް ބެހެއްޓުމަށްޓަކައި 500 އަކަފޫޓަށްވުރެ ކުޑަނޫން ގުދަނެއް ނުވަތަ (ކޮންމެ ގުދަނެއް) 300 އަކަފޫޓަށްވުރެ ކުޑަނޫން 2 ގުދަން ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، އެފަދަ ތަނެއް ނުވަތަ ތަންތަން ކުއްޔަށް ދެއްވުމަށް ގަސްތުކުރައްވާ ފަރާތްތަކުން 23 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދެމެވެ.

ބީލަމާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތު

ބީލަން ހުށަހަޅުއްވަންވާނީ މި އޮފީހުންދޭ މަޢުލޫމާތާއި އެއްގޮތަށް ފުރިހަމަކޮށް ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގެ ބޭރުގައި ބީލަން ހުށައަޅާފަރާތުގެ ފުރިހަމަ ނަމާއި، ބީލަމުގެނަން ޖަހާފައެވެ. މަޢުލޫމާތު ފުރިހަމަނުވާ ނުވަތަ ބީލަމުގައި ދެވިފައިވާ މަޢުލޫމާތާއި އެއްގޮތް ނުވާ ބީލަންތައް ބާތިލުކުރެވޭނެއެވެ. ހުށަހަޅުއްވާ ބީލަމާއެކު މަދުވެގެން ތިރީގައިވާ މަޢުލޫމާތު ހިމަނުއްވަން ވާނެއެވެ.

ހ. ބީލަން ހުށަހަޅާ ފަރާތުގެ މަޢުލޫމާތު، ފަރުދެއްނަމަ އައިޑީ ކާޑު ކޮޕީ އާއެކު ނުވަތަ ކުންފުންޏެއް ނަމަ ރެޖިސްޓްރީ ކޮޕީއާއިއެކު.

ށ. ބީލަމަށް ހުށަހަޅާ ތަނުގެ މަހުކުލި

ނ. ކުއްޔަށް ދޫކުރައްވާނެ މުއްދަތު  

ރ. ޢިމާރާތުގެ މިންތަކާއި އިމާރާތަށް ވަދެ ނިކުމެވޭގޮތް އެނގޭ ފަދަ ކުރެހުމެއް  

ބ. ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް

  1. ކުލި : 60 މާކުސް ( އެންމެ ކުޑަ ކުލި / ހުށައެޅި އަގު × 60 )
  2. ވަދެނިކުމެ އުޅުމުގެ ފަސޭހަކަމަށް:  20 މާކުސް ( އެންމެ ފަސޭހަކަމާއެކު ވަދެނިކުމެވާ ތަނަކަށް 20 )
  3. ސަލާމަތާއި ރައްކާތެރިކަމަށް : 20 މާކުސް ( ސަލާމަތާއި ރައްކާތެރިކަން އެންމެ ރަނގަޅު ފެންވަރެއްގައި ހުރިތަނަކަށް 20 )

އިތުރު މަޢުލޫމަތު ހޯދުން

ބީލަމާބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 7966634 އާއި ގުޅުއްވުން އެދެމެވެ.

 

13 ޛުލްޤައިދާ 1440

16 ޖުލައި 2019