މަސައްކަތް
ނަންބަރު: (IUL)341-ADMN/341/2019/38
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 20:23
ސުންގަޑި: 21 ޖުލައި 2019 11:30
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުކުޅަހު ކައުންސިލަށް ބޭނުންވާ ފޮޅާ ސާފުކުރާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:

މި ކައުންސިލަށް ބޭނުންވާ ފޮޅާސާފުކުރާތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 11:30 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތަޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފު ކުރެއްވުމަށް ޙާޟިރުވާ ފަރާތްތަކާއި ހަވާލުކުރެވޭނެއެވެ. އަދި ބިޑް ތައްޔާރު ކުރަންވާނީ ބިޑްތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތާއި އެއްގޮތަށެވެ. 

ބިޑް ކެނޑުން 30 ޖުލައި 2019 ވާ އަންގާރަ ދުވަހު މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ.

 ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޖުލައި 2019