ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)367-prs/367/2019/37
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 01 އޮގަސްޓް 2019 00:00
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުރުރާސްތާ 8 މަސްދޯނި ކުއްޔަށްދިނުން

މ.ކޮޅުފުށީ ރައްޔިތުންގެ 85 ފޫޓް މަސްދޯނި "ދުރުރާސްތާ 8" އެންމެ ބޮޑުއަގެއް ހުށަހެޅި ފަރާތަކަށް ކުއްޔަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދޯނި ކުއްޔަށް ދިނުމަށް ހުށަހަޅަންޖެހޭ ބިޑު ފޮތް 18 ޖުލައި 2019 އިން 25 ޖުލައި 2019 ވަނަ ދުވަހުގެ 14:00 އަށް މިއިދާރާއިން ގަންނަންލިބެން ހުންނާނެއެވެ.

(ބިޑުފޮތުގެ އަގަކީ  -/500 ރުފިޔާ )     

         ވީމާ، މިދޯނި ކުއްޔަށް ހިފުމަށް ވޭނުންފުޅުވާ ފަރާތްތަކުން ބިޑު ބައްލަވައިގަތުމަށްފަހު ބިޑުސެކިއުރިޓީ އެއްގެ ގޮތުގައި ދައްކަންޖެހޭ -/20000 (ވިހިހާސް ރުފިޔާ) މިކައުންސިލަށް ދައްކަވާ 01 އޯގަސްޓް 2019 ދުވަހުގެ 11:00 އަށް ބިޑުހުށަހެޅުއްވުމަށް މިއިދާރާ އަށް ވަޑައިގަތުމަށް ދަންނަވަމެވެ.

        ދޯންޏާއިބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަމްބަރ 6720606 އާއި ގުޅުއްވުމަށް ދަންނަވަމެވެ.               

15 ޖުލައި 2019