ދިވެހިރާއްޖެ
`
ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ފުވައްމުލައް / ދިވެހިރާއްޖެ
ނަންބަރ: (IUL)GS-13-AC/GS-13/2019/23
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޓްރޮފީ، ސޭޝް އަދި ޝީލްޑް ހެދުމާއި ބެހޭ
1 މިމަރުކަޒުގެ 2018 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް ޓްރޮފީ، ސޭޝް އަދި ޝީލްޑް އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖުލައި 15 އިން 2019 ޖުލައި 23 އަށް ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިމަރުކަޒުގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖުލައި 21 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިމަރުކަޒަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޖުލައި 24 ވަނަ ދުވަހުގެ 11:00 ގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.
5 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
6 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޏ. އަތޮޅު ތަޢުލީމީ މަރުކަޒު
ފޯން: 68650027710496,،7785048
އީ-މެއިލް: [email protected]
12 ޛުލްޤައިދާ 1440ހ.
15 ޖުލައި 2019މ.