ވަޒީފާގެ ފުރުޞަތު
ނަންބަރު: (iu)GS99/2019/012
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 24 ޖުލައި 2019 13:30
ފިނޭ ސްކޫލް
ދިވެހިރާއްޖެ
ކައުންސެލަރ

 

 c

 

 

ފިނޭސްކޫލް

 ހދ.ފިނޭ، ދިވެހިރާއްޖެ                

ތާރީޚް:  15 ޖުލައި 2019                           ނަންބަރު:      (iu)GS99/2019/012   

 

 އިޢުލާން

ކައުންސެލަރ

މަޤާމް:

J-273804

މަޤާމްގެ ނަންބަރު:

1 (އެކެއް)

ބޭނުންވާ ޢަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް.އެސް 1

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެޝިފިކޭޝަން:

އެކަޑަމިކް

ސެކްޝަން:

ހދ. ފިނޭ ސްކޫލް

މަޤާމް އޮތް އޮފީސް

ހދ. ފިނޭ ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭތަން:

-/5610 ރުފިޔާ

މުސާރަ:

2000.00

ސަރވިސް އެލަވަންސް:

އިތުރު އިނާޔަތްތައް:      1. ސަޕޯޓިންގ ކޯ އެލަވަންސް -/700 ރުފިޔާ

                    2. ސިވިލް ސާރިސްގެ މުވަޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.

                    3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.  

                    4. ސިވިލް ސާރވިސްގެ މުވައަޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ ޝަރުތުތައް: ކައުންސެލިން ނުވަތަ ސައިކޮލޮޖީއާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

 

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

1-   މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޤަވާއިދުތަކާއި އުސޫލުތަކާއި ޕޮލިސީތަކަށް ރިއާޔަތްކޮށް ސްކޫލުން ތައްޔާރުކުރާ ސްކޫލްގެ '' ޗައިލްޑް ޕްރޮޓަކްޝަން ޕޮލިސީއާއި އެންޓި ބްލީންގ ޕޮލިސީ '' އަދި ދަރިވަރުންގެ ރައްކާތެރިކަމަށް ސްކޫލުން ތައްޔާރުކޮށްފައިވާ އެހެނިހެން އުސޫލުތައް ވެރިންގެ ލަފަޔާ މަޝްވަރާގެ މަތިން ތަންފީޒުކުރުން.

2-   ސްކޫލްގައި ތަޢުލީމް ހާސިލް ކުރަމުންދާ '' ވަލްނަރަބަލް '' ދަރިވަރުންގެ ހާލަތު ވަޒަންކޮށް އެފަދަ ކުދިންނަށް އެހީތެރިވެދޭނެ އިންތިޒާމެއް ކްލާސް ޓީޗަރާއި، ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާއާއެކު ހަމަޖައްސައި އެފަދަ ދަރިވަރުންގެ މަޢުލޫމާތު ބެލެހެއްޓުން.

3-   ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖައްސައި، އެދަރިވަރުންގެ ޓީޗަރުންނާއި ގުޅިގެން މަސައްކަތް ކުރުމާއި، އެދަރިވަރުންގެ ފޮލޯއަޕް ހެދުމާއި އެދަރިވަރުންގެ ކޭސްނޯޓާއި ރިކޯޑް ބެލެހެއްޓުން.

4-   ޓީޗަރުންނަށް ދަރިވަރުންގެ ރައްކާތެރިކަމާއި ގުޅުންހުރި މަޢުލޫމާތާއި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޕްރޮގްރާމްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ގުޅިގެން އިންތިޒާމްކޮށް ރާވާ ހިންގުން.

5- ދަރިވަރަކަށް ނުވަތަ ދަރިވަރުން ތަކަކަށް ކުރިމަތިވަމުންދާ ގޯނާ/އަނިޔާ/އިހުމާލު ފާހަގަވެއްޖެނަމަ، ރިޕޯޓްކޮށްފިނަމަ ނުވަތަ ޝައްކުކުރެވޭނަމަ '' ދަރިވަރުންނަށް ރައްކާތެރިކަން ލިއްބައިދިނުމުގައި އަމަލުކުރާނެ ގޮތުގެ ސިޔާސަތު ބަޔާންކުރާ އުސޫލު '' ގައިވާ ގޮތުގެ މަތީން ޢަމަލުކުރުން.

6-   ސްކޫލްތަކުގެ ކައުންސެލަރުންނާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބާއްވާ ފޯނުކޮންފަރެންސް ތަކުގަޔާއި، ކޭސްމެނޭޖްމެންޓް ސެޝަންތަކުގައި، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް އަދި ސްޕަވިޒަން ސެޝަންތަކާއި މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން ބައިވެރިވެ، ސްކޫލްގެ ކޭސްތައް ދަރިވަރުންގެ ސިއްރު ހިފެހެއްޓޭގޮތަށް ހިއްސާކުރުން.

7-   ކައުންސެލިންގ ޚިދުމަތަށް އަންނަދަރިވަރުންގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި ކޭސްތަކުގެ ރަޖިސްޓްރީހަދައި ބެލެހެްޓުމާއި ކޭސްފައިލްތައް ހެދުމާއި ސެޝަންތައް ކުރިޔައްދާނެ ގޮތުގެ ސެސަން ޕްލޭން ހެދުމާއި، ކޮންމެ ސެޝަންއެއް ފުރިހަމަކުރުމަށްފަހު ސެޝަން ނޯޓްސް ލިޔެ ފައިލްކޮށް ބެލެހެއްޓުން.

8-    ދަރިވަރެއްގެ ނުވަތަ ދަރިވަރުންތަކެއްގެ މައްސަލައެއްގައި ކައުންސެލަރ ދިވެހި ފުލުހުންގެ އިދާރާއަށް ނުވަތަ ޝަރުޢީ ކޯޓަކަށް ޖަވާބުދާރީވާން ޖެހިއްޖެ ހާލަތެއްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ލީގަލް އޮފިސަރ ގެ ފަންނީލަފާޔާ އެއްގޮތަށް ޢަމަލުކުރުން.

9-    ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ތަރައްޤީކުރުމަށް ސްކޫލްގެ ވެރިންނާއި މަޝަވަރާކޮށްގެން ސްކޫލް ފެންވަރުގައި ދަރިވަރުން ނާއި ބެލެނިވެރިންނަށޤ ޕްރޮގްރާމް ތައް ރާވާ ހިންގައި ބެލެހެއްޓުމާއި ސްކޫލްގެ މާހައުލަކީ ދަރިވަރުންނަށާއި ސްކޫލްގެ މުވައްޒަފުންނަށް ނަފްސާނީ ގޮތުން ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރަން ސްކޫލްގެ ވެރިންނާއި ގުޅިގެން މަސއްކަތްކުރުން.

10-   ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލްގެ ލިއޭޒަން އޮފިސަރ ނުވަތަ ޑެޕިއުޓީ ލިއޭޒަން އޮފިސަރެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި ސްކޫލްގައި ހިންގާ ޚާއްސަ ޕްރޮގްރާމްތަކުގައި ( މިސާލަކަށް: ދަސްވާރު ނުވަތަ ބީޓެކް ޕްރޮގްރާމް) ބައިވެރިވާ ދަރިވަރުންނަށް ކައުންސެލަރ އެއްގެ އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި އެދަރިވަރުންނަށް އެހީތެރިވެދިނުން.

11-     ކޮންމެ އަހަރަކު ސްކޫލުން ދަރިވަރުންގެ ނަފަސާނީ ދުޅަހެޔޮކަމަށާއި ދަރިވަރުންގެ ރައްކާތެރިކަމަށް ސްކޫލްގައި ހިންގާ ޙަރަކާތްތަކުގެ ތާވަލް ކޮންމެ އަހަރެއްގެ ތަޢުލީމީ އަހަރު ފެށުމާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޑިޔުކޭޝަނަލް ސްޕަވިޒަން އެންޑް ކޮލިޓީ އިމްޕްރޫވްމެންޓް ޑިވިޒަން އަށް ހިއްސާކުރުމާއި ކޮންމެއަހަރަކު ސްކޫލުން ހިންގާ މިފަދަ ހަރާތްތަކާއި ޕްރޮގްރާމްތަކުގެ އަހަރީ ރިޕޯޓްގެ ކޮޕީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޕަވިޒަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޒަންއަށް ފޮނުވުން.

 

  

ވަޒީފާއަށް އެންމެ ޤަބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު، ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން، މަސައްކަތުގެ ތަޖުރިބާ، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް،

 

  1. ފުރިހަމަކުރައްވާފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިސްކޫލްގެ އިދާރާއިން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5.  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައާޅާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ:

(ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ،

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓް ތަކުގެ ކޮޕީ،

7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ،

  (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާއަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް

 

ހުށަހަޅަންޖެހޭ ލިޔުނަތައް:

 

ވަޒީފާއަށް އެދޭ ފޯމް ފިނޭ ި ސްކޫލު ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް(www.csc.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  24 ޖުލައި 2019 ވާ (ބުދަ) ދުވަހުގެ(13:30) ގެ ކުރިން، ފިނޭ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށް ވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]   އެވެ. އަދި އިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި

ސުންގަޑި

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ  28 ޖުލައި 2019 އާއި 01 އޯގަސްޓް 2019 އާ ދެމެދު ފިނޭސްކޫލްގައެވެ. އިންޓަރވިއު އޮންންނާނެ ތާރީޚް ދުރާލާ ކެންޑިޑޭޓުންނަށް އެންގޭނެއެވެ. ވީމާ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މަތީގައިވާ ތާރީޚް ތަކުގައި އިންޓަރވިއު އަށް ތައްޔާރުވެވަޑައިގެން ތިއްބެވުން އެދެމެވެ.

އިންޓަވިއު

- 45%     

މިމަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ސޯޓް ލިސްޓްކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520539  ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން

 

 

12 ޛުލްގައިދާ 1440

15 ޖުލައި 2019

 

15 ޖުލައި 2019