ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-A/374/2019/56
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 19 ޖުލައި 2019 20:30
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ ބަޖެޓާއި މަސައްކަތު ތާވަލަށް ރައްޔިތުންގެ ޚިޔާލު ހޯދުން

މިއިދާރާގެ 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓަށް ރައްޔިތުންގެ ޚިޔާލުހޯދުމަށް ބާއްވާ ބައްދަލުވުމާގުޅޭގޮތުން ޢާއްމުކޮށްފައިވާ، މިއިދާރާގެ ނަމްބަރު: (IUL)374-C/274/2019/55 (07 ޖުލައި 2019) އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.

ޤާނޫނު ނަމްބަރު: 2010/7 ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކުރިޔަށް އޮތް 2020 ވަނަ އަހަރު ކައުންސިލުން ހުށަހަޅާ، މަސައްކަތު ތާވަލާއި ބަޖެޓަށް ރައްޔިތުންގެ ޚިޔާލުހޯދުމަށް ބާއްވާ ބައްދަލުވުމަށް ހުށަހަޅަން ތައްޔާރުކޮށްފައިވާ، ލިޔުން މި އިޢުލާނާއެކު ޢާއްމުކުރަމެވެ. މި ލިޔުމަކީ ގުޅުންހުރި ދާއިރާތަކުގެ ބޭފުޅުންގެ މަޝްވަރާއާއެކު ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. މި ލިޔުމުގައި 2020 ވަނަ އަހަރު ކައުންސިލަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ޖުމުލައާއި 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމަނަން ފާހަގަކޮށްފައިވާ ކަންތައްތަކާއި ޚަރަދު ތަފްޞީލު ހިމަނާފައި ވާނެއެވެ.

ވީމާ، ރައްޔިތުންގެ ޚިޔާލު ހޯދުމަށް، 2019 ޖުލައި 19 ވަނަ ދުވަހުގެރޭ 8:30 ގައި ފ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބާއްވާ  ބައްދަލުވުމަށް ނިލަންދޫ ރައްޔިތުން ވަޑައިގެންދެއްވުން އެދެމެވެ.

12 ޛުލްޤަޢިދާ 1440

15  ޖުލައި  2019

15 ޖުލައި 2019