މަސައްކަތް
ނަންބަރު: (IUL)326/326/2019/30
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 10:14
ސުންގަޑި: 17 ޖުލައި 2019 11:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންނަވަރު އިޖުތިމާޢީ މަރުކަޒުގެ ގޯތިތެރެއާއި ގޯއްޗާއި އިންވެގެންވާ ސަރަހައްދު ސާފްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމާއިބެހޭ

ޅ. ހިންނަވަރު އިޖުތިމާޢީ މަރުކަޒުގެ ގޯތިތެރެއާއި ގޯއްޗާއި އިންވެގެންވާ ސަރަހައްދު ސާފްކޮށް ބެލެހެއްޓުމަށް ކޮންޓްރެކްޓް އުޞޫލުން މި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ޅ. ހިންނަވަރު އިޖުތިމާޢީ މަރުޒުން ކޮށްފައިވާ އިޢުލާން (ނަމްބަރ: ZKM/IUL/2019/003 ) ބާތިލްކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 17 ޖުލައި 2019 ވާ ބުދަ ދުވަހު 11:00އަށް ހިންނަވަރު ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޖުލައި 2019 ވާ ބުދަ ދުވަހު 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުންއެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި "ހިންނަވަރު އިޖުތިމާޢީ މަރުކަޒުގެ ގޯތިތެރެއާއި ގޯއްޗާއި އިންވެގެންވާ ސަރަހަށްދު ސާފުކޮށް ބެލެހެއްޓުމަށް އެދި" މިހެން ލިޔުއްވާފައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބް ބަލައިނުގަނެވޭނެއެވެ. އަދި މިމަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ދެވޭނީ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ދެވޭނީ މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށްކަމުގައިވެސް ދެންނެވީމެވެ.

މިމަސައްކަތަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާގޮތަށެވެ.

  1. ހުށަހަޅާފައިވާ އަގަށް      %60
  2. ހުށަހަޅާ ޕްރޮޕޯސަލްއަށް   %20 
  3. ފައިނޭންސިއަލް ކެޕޭބިލިޓީ
  4. ތަޖުރިބާއަށް   %10      

 

        މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

9 ޛުލްޤައިދާ 1440

21 ޖުލައި 2019

12 ޖުލައި 2019