ދިވެހިރާއްޖެ
ހިންނަވަރުގައި ކީރިތި ޤުރްއާން ކިޔަވައިދިނުމަށްޓަކައި ޤުރްއާން ކްލާސް ހިންގުމަށް ބިން ކުއްޔަށް ހިފުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފީމެވެ.
މިގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، ޅ.ހިންނަވަރު "އިރުޝާދު" ގޭގެ ހުޅަނގުން އޮތް ހުސްބިމުން 1000 އަކަފޫޓް ގެ ދެ ބިން ހިމެނޭގޮތަށެވެ.
މި ބިންތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ. މިބިންތަށް ކުއްޔަށް ދޫކުރެވޭނީ މަހުން މަހަށް ހިންނަވަރު ކައުންސިލްގެ އިދާރާއަށް ކުލި ދައްކާ ގޮތަށް، އަކަފޫޓަކަށް އެންމެ ދަށްވެގެން -/01 (އެކެއް) ރުފިޔާ އަށެވެ.
ވީމާ، މި ބިން ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން 16 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ހިންނަވަރު ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 23 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ހިންނަވަރު ކައުންސިލްގެ އިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ޤުރްއާން ކްލާސް ހިންގުމަށް ބިން ކުއްޔަށް ހިފުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިކަމާއި ބެހޭގޮތުން ހުށަހަޅާ ޕްރޮޕޯސަލްތައް ދެންނެވިފައިވާ ގަޑި ޖެހުމަށްފަހު ބަލައެއް ނުގަނެވޭނެއެވެ. މި ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކާއެވެ.
އެންމެ މަތިން ދެވޭނެ ޕޮއިންޓް |
އަންދާސީ ހިސާބު މިންކުރުމުގައި ޕޮއިންޓްދެވޭނެ ކަންތައްތައް |
# |
50 |
ހުށަހަޅާފައިވާ އަގަށް |
1 |
20 |
ފަންނީ ތަޖުރިބާ (ހިންނަވަރުގައި މިހާރު ޤުރްއާން ކްލާސް ހިންގާ ފަރާތްތަކަށް އިސްކަން ދެވޭނެ) |
2 |
30 |
ޕްރޮޕޯސަލްގައި މަޢުލޫމާތު ފުރިހަމަކޮށްފައިވާ ފެންވަރަށް |
3 |
ކޮންމެ ހުށަހެޅުމަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ރަޖިސްޓަރީ ކޮށްގެން ހިންގާ ވިޔަފާރިއެއްގެ ފަރާތުން ހުށަހަޅާ ހުށަހެޅުމެއް ކަމުގައި ވާންޖެހޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
8 K 1440
11 ޖުލައި 2019