ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2019/46
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 15:41
ސުންގަޑި:
18 ޖުލައި 2019 13:30
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހި ފަންނާނުންގެ މިއުޒިކީ އީދު ޝޯގައި ޕާރފޯމްކުރުމުގެ ފުރުޞަތު
ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އަދި ޕަބްލިކް ސާރވިސް މީޑިއާ ގުޅިގެން މިހިނގާ ޖުލައި މަހުގެ 27 އަދި 28 ގައި ދިވެހި ފަންނާނުންގެ މިއުޒިކީ އީދު ޝޯއެއް ބާއްވަން ވަނީ ގަސްދުކޮށްފައެވެ. މި ޝޯ އަކީ ސަގާފީ އަދި ޒަމާނީ މިޔުޒިކް ހިމެނޭ ގޮތަށް ރާވާފައިވާ ޝޯއެކެވެ.
ވީމާ، މިޝޯގައި ޕާރފޯމްކުރުމަށް ޝައުޤުވެރިވެލައްވާ ބޭންޑް / މިއުޒީޝަނުން 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް ޕޯޓްފޯލިއޯ އަދި ޓެކްނިކަލް ރައިޑާ މެއިލްކޮށްދެއްވުން އެދި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިސެންޓަރުގެ ނަންބަރު 3344667 ފޯނާއެވެ.
14 ޖުލައި 2019