ދިވެހިރާއްޖެ
`
ނަންބަރު: IUL)248-ED/248/2019/70
އިޢުލާން
ދިވެހިރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ހަރަކާތްތެރިވަމުންދާ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ހަރަކާތްތެރިވާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލައި، ގަވާއިދާއި ޚިލާފަށް ހަރަކާތްތެރިވާ ފަރާތްތައް ދެނެގަނެ، އެފަރާތްތައް ގަވާއިދުގެ ތެރެއަށް ވައްދައި، ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި ޚަރަކާތްތެރިވެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ ގޮތުން މިރަށުގައި ޚަރަކާތްތެރިވާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލެއްވުމަށް ބޭނުންވާ މައުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޙިއްޞާކޮށް ދެއްވުމަށް އެމިނިސްޓްރީގެ ނަންބަރ 458/248/2019/1 ( 30 ޖޫން 2019 ) ގެ ސިޓީއިން ވަނީ މިއިދާރާއަށް އަންގާފައެވެ.
ވީމާ، ރަށުގައި މަސައްކަތް ކުރުމަށް ބިދޭސީން ގެނެސްފައިވާ ފަރާތްތަކުން ބިދޭސީންނާއި ބެހޭ ތިރީގައި ދަންނަވާފައިވާ މައުލޫމާތުތައް 21 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ ކުރިން ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ންމެންދުރުފަހު 13:30 އަށް، އަދި ރޭގަނޑު 20:30 ން 21:30 އަށް މިއިދާރާއަށް ހުށަހަޅާ ދެއްވުމަށް އެދި ދެންނެވީމެވެ
ނަން |
ނިސްބަތްވާ ޤައުމު |
ޕާސްޕޯޓު ނަންބަރު |
އެމްޕްލޯޔަރު |
ޙަރަކާތްތެރިވާ ދާއިރާ |
އެހެނިހެން މައުލޫމާތު |
|
|
|
|
|
|
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.