ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-13-AC/GS-13/2019/22
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 23 ޖުލައި 2019 14:00
ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މެއިންޓަނަންސް އޮފިސަރ

`

 

 

ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

   ފުވައްމުލައް، ދިވެހިރާއްޖެ 

 

                                                ނަންބަރ: (IUL)GS-13-AC/GS-13/2019/22                                                                           

އިޢުލާނު

މަޤާމް:

މެއިންޓަނަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-229177

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޏ. އަތޮޅު ތަޢުލީމީ މަރުކަޒު / ޏ. ފުވައްމުލައް

މުސާރަ:

-/5610 ރ

ސަރވިސް އެލެވަންސް:

-/2000 ރ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4. ސަޕޯޓިންގ ކޯ އެލަވަންސް -2: -/700ރ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ސްކޫލުގެ މެއިންޓަނަންސް ކަންތައްތައް ބެލެހެއްޓުން.
  • ސްކޫލުގެ ފަރާތުން ހިފާފައިވާ ތަންތަނާއި ސްކޫލްގެ ތަންތަނުގެ މަރާމާތުގެ ކަންތައްތައް ބެލެހެއްޓުން.
  • ސްކޫލުގެ އިމާރާތުގައި މަރާމާތުކުރަންޖެހޭ ކަންތައްތައް ޗެކްކޮށް، ބަޖެޓްތަންދޭ މިންވަރަކުން، ވެރިންގެ ލަފާގެމަތިން، ވީހާވެސް އަވަހަށް އެކަންތައް ރަނގަޅުކުރެވޭތޯ ބެލުން.
  • ސްކޫލުގައި ބޭނުންކުރާ ޓީވީއާއި އަދިވެސް މިބާވަތުގެ މެއިންޓަނަންސް ކަންތައް ބެލެހެއްޓުމާއި ސާރވިސްދިނުން.
  • ސްކޫލުން ރާވައިގެން ހިންގާ އިތުރު ހަރަކާތްތަކުގައި، ސްކޫލުގެ ވެރިން އަންގާ ގޮތެއްގެ މަތިން، ސްކޫލަށް ހާޒިރުވެދިނުން.
  • މެއިންޓެނަންސް އާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ސެކްޝަން ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން އަދި ނިމިފައި ހުންނަ ލިޔެކިޔުންތައް ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން، ފައިލުކޮށް ބެލެހެއްޓުން.
  • މެއިންޓަނަންސްއާ ބެހޭ މަސައްކަތްތައް ހަމަޖެހިފައި އޮންނަ އުސޫލާއި ގަވާއިދާ އެއްގޮތަށް ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުވުން އަދި ކުރުން.
  • ސެކްޝަނުގެ ބަޖެޓް ތައްޔާރު ކުރުމަށް މެއިންޓަންންސް ގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭނުންވާ އެންމެހާ މަޢުލޫމާތު ހޯދައި، ސެކްޝަންގެ މުވައްޒަފުންނަށް އެހީތެރިވުން.
  • ސްކޫލުގެ ސެކިއުރިޓީ ކަންތައް ހެދިފައިވާ ކޮންޓްރެކްޓާއި އެއްގޮތަށް ކުރޭތޯ ބަލައި ޔަގީން ކުރުން.
  • ސެކްޝަންގެ ނުވަތަ އެހެން ސެކްޝަންގެ މުވައްޒަފަކު ޗުއްޓީ ނަގާނަމަ، އެ މުވައްޒަފަކު ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ނިކުންނަންދެން ، އެމުވައްޒަފު ކުރަމުންދާ މަސައްކަތް ކުރުން
  • ސެކްޝަންގައި މަސައްކަތްކުރާ މުވައްޒަފަކު ޙާޟިރުނުވާ ދުވަހެއްގައި އެމުވައްޒަފަކާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ، ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަމެއް އިސްވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން.
  • ވަޒީފާގެ މަސްއޫލިއްޔަތުގައި ކަނޑައެޅިފައިވާ ކަންތައްތަކުގެ އިތުރުން، ވެރިޔަކު ރަސްމީ ކަމެއް ހަވާލުކުރައްވައިފައިވާނަމަ، އެމަސައްކަތެއް ވީއެންމެ ފުރިހަމަޔަށް ކުރުން
  • ސްކޫލްގެ ހިންގުން ރަނގަޅުކޮށް ހަލުއިކުރުމަށް އެ މުވައްޒަފެއްގެ ހައިޘިއްޔަތުން ކުރެވެންއޮތް ހުރިހާ ކަމެއްކޮށް، ސްކޫލްވެރިންނާއި އެކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތް ކުރުން

ގުޅޭ ވަޒީފާގެ ދާއިރާތައް:

-          އެޑްމިނިސްޓްރޭޝަން

ތަޢުލީމީ ރޮނގުތައް:

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން

-          ބިޒްނަސް މެނޭޖްމަންޓް

-          ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޝަރުޠުތައް:   

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެތްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމީ ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެއަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

-          ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން

-          ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން

 

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.  

އިންޓަވިއު:އޮންނާނެ ތަނާއި، މުއްދަތު:

 

މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 24 ޖުލައި 2019 އާއި 30 ޖުލައި  2019 އާއި ދެމެދުގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6865002 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

        11 ޛުލްޤައިދާ 1440

        14 ޖުލައި   2019

 

14 ޖުލައި 2019