މަސައްކަތް
ނަންބަރު: B8MC/2019/10
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 17 ޖުލައި 2019 10:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓް ޢިމާރާތަށް ބޭނުންވާ ފަރުނީޗަރ ޖެހުމުގެ މަސައްކަތް

މިކޯޓުގެ ކޯޓްރޫަމަށް ބޭނުންވާ ފަރުނީޗަރ ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިކޯޓުން 24 ޖޫންް 2019ގައި ކުރެވުނު މިކޯޓުގެ ނަންބަރު:B8MC/2019/07 އިޢުލާނަން އެއްވެސް ފަރާތަކުން ސައުގުވެރިކަން ފާޅުކޮށްފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އެކަމަށް އިޢުލާން ކުރަމެވެ. މިކޯޓުގެ ކޯޓްރޫަމަށް ބޭނުންވާ ފަރުނީޗަރ ޖެހުމުގެ މަސައްކަތް  އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 17 ޖުލައި 2019 ވާ ބުދަަ ދުވަހުގެ ހެނދުނު 10:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޖުލައިި 2019 ވާ އާދިއްތަަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

14 ޖުލައި 2019