ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-FE/2019/06
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 25 ޖުލައި 2019 14:00
ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
Part-time lecturer

ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު

ފެކަލްޓީ އޮފް އެޑިޔުކޭޝަން

   މާލެ، ދިވެހިރާއްޖެ.

ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހިންގާ ކޯސްތަކުގައި 2019ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގައި ކިޔަވައިދެއްވުމަށް ތިރީގައި މިދަންނަވާ ދާއިރާތަކަށް ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

މާއްދާ:

މާއްދާ / މަސައްކަތް އޮންނަ ރަށް

  1. ސޯޝަލް ސައިންސް 2 (SOC301) / ކ.މާލެ ، ގދ.ތިނަދޫ، ރ.ދުވާފަރު، ޏ.ފުވައްމުލައް
  2. ސޯޝަލް ސައިންސް 1 (SOC103) / ހދ.ކުޅުދުއްފުށި، ސ.ހިތަދޫ  
  3. އާރޓް އެޑިޔުކޭޝަން 1 (ART205) / ހދ.ކުޅުދުއްފުށި
  4. ޓީޗިންގ އެންޑް ލާރނިންގ އިސްލާމް 1 (CST121) / ހދ.ކުޅުދުއްފުށި
  5. މޫވްމެންޓް އެޑިޔުކޭޝަން (CST347) / ހދ.ކުޅުދުއްފުށި
  6. ފިޒިކަލް އެޑިޔުކޭޝަން I(PHE201) / ހދ.ކުޅުދުއްފުށި
  7. ކޮމްޕެނީ އެކައުންޓިންގ (ACC211) / ކ.މާލެ
  8. ޓީޗިންގ އެންޑް ލާރނިންގ ކޮމާރސް އެންޑް ބިޒްނަސް ސްޓަޑީޒްII (CST341) / ކ.މާލެ
  9. ފޮނެޓިކްސް އެންޑް ފޮނޮލޮޖީ (LIN209) / ކ.މާލެ
  10. އަދަބިއްޔާތު އުނގަންނައިދިނުން (LIT307) / ކ.މާލެ
  11. ޑިސްކޯސް އެންޑް ޕްރެގްމެޓިކްސް (LIN305) / ކ.މާލެ
  12. ސިންޓެންކްސް އެންޑް ސެމެންޓިކްސް (LIN231) / ކ.މާލެ
  13. އަދަބިއްޔާތު އުނގަންނައިދިނުން (LIT307) / ކ.މާލެ
  14. އިންސްޓްރަކްޝަނަލް ސައިކޮލޮޖީ (EST103) / ސ.ހިތަދޫ
  15. ޢާންމު ދިވެހި (DHI127) / ސ.ހިތަދޫ
  16. ސޯޝިއޮލޮޖީ އޮފް އެޑިޔުކޭޝަން (EST301) / ޅ.ނައިފަރު
  17. ލިޔުންތެރިކަމުގެ ޢިލްމު (DHI311) / ޅ.ނައިފަރު
  18. އިންޓްރޮޑަކްޝަން ޓު ސްޕެޝަލް އެޑިޔުކޭޝަން (EST311)/ ރ.ދުވާފަރު، ގދ.ތިނަދޫ
  19. އެސެންޝަލް އިންގްލިޝް (ENG213) / ރ.ދުވާފަރު
  20. ދިވެހިބަހުގެ ހުނަރު (CST351) / ރ.ދުވާފަރު
  21. ޓީޗިންގް އިންގްލިޝް ލޭންގުއެޖް ތްރޫ ލިޓްރެޗަރ (LIT201) / ގދ.ތިނަދޫ

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި 2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

400-300 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/275ރ.، 200 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/225ރ.، 100 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/200ރ. ގެރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް މާރކްކުރާ ކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިފެކަލްޓީގެ ނަންބަރު 3345308  ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި: 2019 ޖުލައި 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް ފޮނުއްވާނީ [email protected]އަށެވެ.

ނޯޓް: މިއަހަރު ފުރަތަމަ ސެމެސްޓަރގައި ޕާޓްޓައިމް ލެކްޗަރަރއިންގެ ގޮތުގައި ފެކަލްޓީގައި ކިޔަވައިދެއްވާފައިވާ ބޭފުޅުން ސިޓީއާއެކު އިތުރު މަޢުލޫމާތު ހުށަނޭޅުއްވިޔަސް އެޕްލިކޭޝަން ޤަބޫލުކުރެވޭނެއެވެ.  

13 ޖުލައި 2019