ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވެހިކަލް ގަތުމާއި ބެހޭ ގޮތުން ކުރި ނަންބަރ IUL) 415/415/2019/48) ގެ އިޢުލާން ބާޠިލް ކޮށް އަލުން އިޢުލާން ކުރުން:
ތިނަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ވެހިކަލް ގަތުމާއި ބެހޭގޮތުން މިއިދާރާއިން 2 މެއި 2019 ގައި ކުރި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް އެންޓި-ކޮރަޕްޝަން ކޮމިޝަންއިން އިވެލުއޭޓްކުރުމަށްފަހު މިއިދާރާއިން ކުރި އިޢުލާނާއި އަދި އެ އިޢުލާނާ ގުޅޭ ބިޑިންގ ޕްރޮސެސް ބާޠިލުކުރުމަށް އަންގަވާފައިވާތީ އެ އިޢުލާން ބާޠިލްކޮށް، އަލުން 2 ޓަނުގެ ޕިކަޕެއް ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފްކުރުން |
17 ޖުލައި 2019 |
ބުދަ |
01:15 (މެންދުރު) |
ގދ. ތިނަދޫ ކައުންސިލްގެ އިދާރާ |
އަންދާސީ ހިސާބު ހުށަހެޅުން |
24 ޖުލައި 2019 |
ބުދަ |
01:15 (މެންދުރު) |
ގދ. ތިނަދޫ ކައުންސިލްގެ އިދާރާ |
މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފްކުރައްވާ ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ.