ނޫސްބަޔާން
ނަންބަރު: (IUL)MHCL-ADM/1/2019/20
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 18:29
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި 2 ވަނަ ކޯޓާ އާ މެދު ޢަމަލުކުރުމަށް ކަނޑައެޅިފައިވާގޮތް

ނޫސް ބަޔާން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި 2 ވަނަ ކޯޓާގައި، ލިބޭ ޖާގަ އާ މެދު ޢަމަލުކުރުމަށް ކަނޑައެޅިފައިވާގޮތް ތިރީގައި ބަޔާން ކުރެވިފައި އެވަނީއެވެ.

 

  1. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދުމާ ބެހޭ އުޞޫލުގައި ޝާޢިއު ކޮށްފައިވާ ގޮތަށް ތަރުތީބުން ޖާގަ ދޫކުރެވޭނެއެވެ.
  2. ޖާގަ ދުކުރެވޭ ފަރާތްތަކުގެ ލިސްޓު ޙައްޖު ކޯޕަރޭޝަންގެ ވެބްސައިޓް http://mhcl.mv ގައި ޝާޢިއު ކުރެވިފައިވާނެއެވެ. 
  3. ޖާގަ ލިބޭ ފަރާތްތަކަށް ޙައްޖު ދައުވަތުގެ ލިޔުމެއް ދެވޭނެއެވެ. ދައުވަތު ގަބޫލުކުރުމަށް ފުރިހަމަކުރަންޖެހޭ ފޯމުގައި ޖާގަ ބަލައިގަންނަކަމަށް ފާހަގަ ޖައްސަވާ ފޯމު ހުށަހެޅުއްވުމުން ޖާގަ ގަބޫލުކުރެވުނީއެވެ.
  4. މިއަހަރުގެ ޖާގަ ގަބޫލު ނުކުރައްވާނަމަ، އުސޫލުގައި ވާ ގޮތަށް ޖެހިގެން އަންނަ އަހަރުގެ ކޯޓާއިން ޖާގަ ދެވޭނެއެވެ.

 

2 ވަނަ ކޯޓާގެ ޖާގަ ލިބުނުކަން އެންގުމާއި، ޖާގަ ބާޠިލުވުން

  1. ޖާގަ ލިބޭ ފަރާތްތަކަށް ޖާގަ ލިބުނުކަން އެންގުމަށްޓަކައި، މިކޯޕަރޭޝަން އަށް ދީފައިވާ ފޯނު ނަމްބަރުތަކަށް، އެސް. އެމް. އެސް މެދުވެރިކޮށް އެންގޭނެއެވެ.
  2. އެސް. އެމް. އެސް ފޮނުވޭތާ 2 ދުވަސް ތެރޭ ދައުވަތު ބަލާ ވަޑައިނުގަންނަވާނަމަ، ދީފައިވާ ފޯނު ނަމްބަރަށް ގުޅުމަށް ފަހު ޖާގައާމެދު ޢަމަލު ކުރަން ބޭނުންވާގޮތެއް އޮޅުން ފިލުވޭނެއެވެ.
  3. ފޯނުން ނުގުޅޭ ބޭފުޅުންނަށް އިތުރަށް 1 ދުވަސް ދިނުމަށްފަހު، އެފަރާތުގެ ޖާގަ ބާޠިލުކޮށް އުސޫލުގައި ވާގޮތަށް އެޖާގަ ޖެހިގެން އޮންނަފަރާތައް ދެވޭނެއެވެ.

ވީމާ މިކަން އަންގާ އިޢުލާނު ކުރީމެވެ.

08 ޛުލްޤަޢިދާ 1440

11 ޖުލައި 2019