މަސައްކަތް
ނަންބަރު: (IUL)179-3.2/1/2019/20
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 17 ޖުލައި 2019 11:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކެޕިޓަލް މާކެޓް ފޯރަމް- އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީއިން އިންތިޒާމު ކޮށްގެން، ކެޕިޓަލް މާކެޓް ފޯރަމް ގެ ނަމުގައި 31 އޮކްޓޫބަރ 2019 ވަނަ ދުވަހު ފޯރަމް އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިފޯރަމް ބާއްވާނެ ހޯލާއި ބައިވެރިންގެ ފަރިއްކޮޅުގެ އިތުރުން ދަތުރުފަތުރުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ބައިވެރިންގެ ޢަދަދު:                 110 މީހުން

ފޯރަމް ބާއްވަން ބޭނުންވާ ތަން:          މާލެކައިރި ރިޒޯޓެއްގައި

ދުވަސް:                        31 އޮކްޓޫބަރ 2019 (08:30-16:30)

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖުލައި 2019 ވާ ބުދަ ދުވަހުގެ  11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،  ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، "ކެޕިޓަލް މާކެޓް ފޯރަމްގެ އަންދާސީ ހިސާބު" ޖެއްސެވުމަށްފަހު އޮތޯރިޓީއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ އެޑްރެސް

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް:3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

 

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮތޯރިޓީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 24 ޖުލައި 2019 ވާ ބުދަ ދުވަހު މެންދުރުފަހު 14:00ގައި ސީ.އެމް.ޑީއޭ ގެ ކޮންފަރެންސް ހޯލްގައި މި ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ   / 3014124 3014119 / 3336619  ނަންބަރު ފޯނާއެވެ.   

11 ޖުލައި 2019