ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-12/2019/11
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 21 ޖުލައި 2019 14:00
ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
ކައުންސެލަރ ގެ މަޤާމަށް މީހަކު ހޯދުން

އިޢުލާން  

މަޤާމް : 

ކައުންސެލަރ  

މަޤާމު ނަންބަރު:

J-275306

ބޭނުންވާ ޢަދަދު :

1 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގުރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭތަން:

ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް މަހަކު -/700 ރުފިޔާ .
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.  

މަޤާމުގެމަސްއޫލިއްޔަތުތަކައި ވާޖިބްތައް:

  • ކައުންސެލިންގ ޕްރޮގްރާމްތައް ރޭވުމާއި، އެ ޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑްތަކެއް ބެލެހެއްޓުން  
  • ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިންގެ ފޮލޯއަޕް ހެދުން 
  • ދަރިވަރުން ނަފްސާނީ، ޖިސްމާނީ އަޚުލާޤީ މައްސަލަތަކާއި ގުޅިގެން ޓީޗަރުންނަށް ހުށައަޅާކަންތައް ބަލައި، އެ ކަންކަމުގައި އެފަދަ ކުދިންނާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން 
  • ނަފްސާނީ ދުޅަހެޔޮކަމުން ބޭނުންވާ މަޢުލޫމާތު ހޯދައި، ދަރިވަރުންނަށް ފޯރުކޮށްދިނުން  
  • ސްކޫލްގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ހަފްލާތަކަށް މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަން ދިނުން  
  • ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ހަފްލާގެ ތައްޔާރީތަކާއި، ޖަލްސާގެ އެންމެހައި ކަންކަން ނިމެންދެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ސްކޫލުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން  
  • ރަނގަޅު ބެލެނިވެރިއަކަށް ވުމަށްޓަކައި ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތު ބެލެނިވެރިންނަށް ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިއުން
  • ކިޔަވައި ދިނުމުގައި ޙާއްޞަ އެހީއަށް ބޭނުންވާ ކުދިންދެނެގަންނާނެގޮތާއި، އަދި އެ ކުދިންނަށް އަޅާލައިގެން ކިޔަވައި ދެވޭނެގޮތުގެ ހޭލުންތެރިކަން އިތުރު ކުރުމަށް ޓީޗަރުންނަށް ސެޝަންތައް ބޭއްވުން
  • ސްކޫލްގައި ތިބި އައި.އީ.ޕީ ހަދަންޖެހޭ ދަރިވަރުންގެ އައި.އީ.ޕީ ހެދުން
  • ޙާއްޞަ އެޙީއަށް ބޭނުންވާ ދަރިވަރުންގެ ދަފްތަރެއް ތައްޔާރުކުމަށް ސެންޓީޗަރަށް އެހީތެރިވެ ދިނުން
  • ސްކޫލްގައި ދިމާވާ އަހުލާޤީ މައްސަލަތައް ބެލުމަށް ޓީޗަރުންނަށް އެހީތެރިވެ ދިނުން
  • ސްކޫލްގައި ކުރިއަށް ގެންދަންޖެހޭ ލައިފްސްކިލްސް ގަޑިތައް ފުރިހަމަ ކުރުމަށް ލައިފްސްކިލް ކޯޑިނޭޓަރަށް އެހީތެރިވެ ދިނުން
  • ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށްޓަކައި އެ ކުދިންނަށް އެހީތެރިވެދީ ހޭލުންތެރި ކުރުވުން
  • ސްކޫލްގައި ކުރިއަށް ގެންދެވޭ އިތުރު ހަރަކާތްތަކުގެ ކަލަންޑަރުގައި ހިމެނިގެން ކުރިއަށް ގެންދާ އެންމެހާ ހަރަކާތްތަކުގައި ސްކޫލުން އެދިއްޖެ ހިނދެއްގައި ބައިވެރިވެ އެހީތެރިވެ ދިނުން
  • ދަރިވަރުންގެ މައްސަލަތަކާއި ގުޅިގެން ކައުންސެލިންގ ދޭންޖެހޭ ބެލެނިވެރިންނަށް ކައުންސެލިންދީ ފޮލޯއަޕް ހެދުން

 

މަޤާމުގެ ޝަރުތު: 

 

- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު. (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން އަދި މި އިދާރާއިން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

   (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފެކެޓްތަކުގެ ކޮޕީ.
  2. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފެކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

    (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންނެއްގައި ވަޒިފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެމުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

-  ހާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

-  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-  ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން

-  މެރިޓް އުޞޫލުން އެންމެ މަތީ މާރކްސް ލިބޭ ފަރާތް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 2019 ޖުލައި 21 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ވ. އަތޮޅު މަދަރުސާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ސްކޫލްގެ އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ހުށައެޅި ދާނެއެވެ. އަދި އިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖުލައި 22 އާއި 2019 ޖުލައި 24 އާ ދެމެދު  ވ. އަތޮޅު މަދަރުސާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  

ޝޯޓް ލިސްޓްކުރުމާއި  

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6700025 ނަންބަރު ފޯނާއެވެ. އީ- މެއިލް ކުރާނީ [email protected]   އަށެވެ.

11 ޖުލައި 2019