މަސައްކަތް
ނަންބަރު: (IUL)419/419/2019/5
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 28 ޖުލައި 2019 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަންގެ ފަރާތުން ގައްދޫގައި އިމާރާތްކޮށްފައިވާ 50 ހައުސިންގ ޔުނިޓްގެ މަގުތައް އެއްވަރުކޮށް މަގުބައްތި ޖެހުމާއިބެހޭ.

ނަންބަރު:(IUL)419/419/2019/5

އިޢުލާން

ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަންގެ ފަރާތުން ގައްދޫގައި އިމާރާތްކޮށްފައިވާ 50 ހައުސިންގ ޔުނިޓްގެ މަގުތައް އެއްވަރުކޮށް މަގުބައްތި ޖެހުމާއިބެހޭ.

            ގދ. ގައްދޫގައި އިމާރާތް ކޮށްފައިވާ 50 ހައުސިންގ ޔުނިޓް ސަރަހައްދުގެ ބިންގަނޑު އެއްވަރުކޮށް މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ އެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޖުލައި 2019 ވާ ބުދަދުވަހުގެ މެންދުރު 13:00 އަށް ގައްދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 28 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 އަށް ގައްދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ވަޑައިގެން އަންދާސީ ހިސާބުހުށަހެޅުން އެދެމެވެ.

ބީލަން ހުށަހަޅާއިރު ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީއާއި އެޝަޚުޞެއްގެ ހައިސިއްޔަތު ބަޔާންވާ ރަސްމީ ލިޔުމެއް އަދި ދެންނެވުނު ޝަޚްޞެއްގެ ބަދަލުގައި އަންނަފަރާތަކުން އެކަން އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމާއި މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

11 ޖުލައި 2019

 

 

 

11 ޖުލައި 2019