ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101/2019/1
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 18 ޖުލައި 2019 14:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ - މާލެ ބިޒްނަސް ސެންޓަރ

އިޢުލާން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ދަށުން ގާއިމް ކުރެވިފައިވާ މާލެ ބިޒްނަސް ސެންޓަރއަށް (ބީސީ) ތިރީގައި މިދަންނަވާ މަޤާމުތަކަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

      ބިޒްނަސް ސެންޓަރ މާލެ

-         01 ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

މިވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

 

  •  ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  •  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  •  މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
  •  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް އަދި ޓްރާންސްކްރިޕްޓްގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  •  ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ
  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ) ގެ ކޮޕީ

މިޤާމުގެ މަސައްކަތްތަކުގެ ތަފްސީލް އަދި ޝަރުތު، މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ޖުލައި 2019 ގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ސިޓީއުރައިގެ ބޭރުގައި 'ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

 

ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އަދި ސިޓީ ހުށަޅާނީ:

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)

ސަކީނާމަންޒިލް 3 ވަނަ ފަންގިފިލާ، މެދުޒިޔާރަތް މަގު, 

ފޯނު: 3010546 (960)+                           

އީމެއިލް: [email protected]

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

09 ޖުލައި 2019

09 ޖުލައި 2019