ތަމްރީނު
ނަންބަރު: SAM/2019/IULAANU/005
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި:
25 ޖުލައި 2019 13:00
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފީނާ ސްވިމިންގ ކޯޗަސް ކޯސް، ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު
ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާ، ފީނާ އިން ދިވެހިރާއްޖޭގައި ސްވިމިންގ ކޯޗަސް ލެވެލް 2 ގެ ކޯހެއް ބޭއްވުމަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ކޯހުގައި ބައިވެރިވާން އެދޭފަރާތްތަކުން 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއެސޯސިއޭޝަނަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.
- ކޯހުގެ ނަން: ފީނާ ސްވިމިންގ ކޯޗަސް ސަރޓިފިކޭޝަން ކޯސް ލެވެލް 2
- ސެމިނަރ ބޭއްވޭ ތަން: މާލެ
- ސެމިނަރގައި ބައިވެރިވުމުގެ ޝަރުތު:
- 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
- އިނގިރޭސިބަހުން ރަނގަޅަށް ލިޔަން، ކިޔަން އަދި ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
- ފީނާއިން ސްވިމިންގ ކޯޗިންގ އެޑްވާންސް ކްލިނިކެއް ފުރިހަމަކޮށްފައިވާ ކޯޗެއް ކަމުގައި ވުން ނުވަތަ، ވޭތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައި ސްވިމިންގ އެސޯސިއޭޝަން ޤަބޫލުކުރާ ކޯޗިންގ އާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ނުވަތަ އެޑްވާންސް ކޯހެއް ފުރިހަމަކޮށްފައިވާ މީހެއް ކަމުގައިވުން.
- ސްވިމިންގ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމުގައިވުން.
- އޮންލައިން ފޯރމް:
- އޮންލައިން ފޯރމް ފުރިހަމަކުރުމަށްފަހު އީމެއިލްގެ ޒަރިއްޔާއިން ފޮނުވަންޖެހޭ ތަކެތި:
- ނެޝަނަލް އައިޑެންޓިޓީ ކާރޑްގެ ކުލަ ސްކޭންޑް ކޮޕީއެއް.
- ހުދު ބެކްގްރައުންޑެއްގައި ނަގާފައިވާ ޕާސްޕޯރޓް ސައިޒްގެ ފޮޓޯގަނޑެއް.
- މިކޯހުގައި ބައިވެރިވެރިވުމަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.
- ސްވިމިންގ ކޯޗިންގ ދާއިރާއިން ހޯދައިފައިވާ ކާމިޔާބީތަކުގެ ލިޔުންތަކުގެ ސްކޭންޑް ކޮޕީ.
- ސްވިމިންގގެ ދާއިރާއިން ހޯދައިފައިވާ ތަޢުލީމީ އަދި ޓްރެއިނިންގ ޕްރޮގްރާމް އަދި ކްލިނިކްތަކުގެ ސެޓްފިކެޓްތަކުގެ ސްކޭންޑް ކޮޕީ.
- ތަކެތި ފޮނުވަންވީ އީމެއިލް: [email protected]
- ކޯހުގެ ޝެޑިއުލް:
- އޮންލައިން ކިޔެވުން ފެށޭ ތާރީޚް: 12 އޮގަސްޓް 2019
- ފޭސްޓު ފޭސް ސެމިނަރ އޮންނާނެ ތާރީޚް: 5 ން 11 ނޮވެމްބަރ 2019 ގައި، ކޮންމެ ދުވަހަކު ހެނދުނު 09:00 ން 17:00 އަށް.
މި ކްލިނިކްގައި ދިވެހިރާއްޖެއިން ބައިވެރިވާނެ މީހުން ކަނޑައަޅާނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންނެވެ.
09 ޖުލައި 2019