ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-122/2019/15
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 18 ޖުލައި 2019 14:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އެޑްމިނިސްޓްރޭޓިވް އޮފިސަރ)

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-283080

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކިނޮޅަހުސްކޫލް/ ރ.ކިނޮޅަސް

މުސާރަ:

5020  ރުފިޔާ

ސަރވިސް އެލެވަންސް:

1500  ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:

700  ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާން ޢިނާޔަތް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ދަރިވަރުންގެ ލީވިންގ ހެދުމަށް ބޭނުންވާ ފޯމުދޫކޮށް ބަލައިގަތުމާއި އަދި ލީވިންގސެޓްފިކެޓް ތައްޔާރުކޮށް ހަވާލުކުރުން
  2.     ސްކޫލް ކުދިންގެ ޓެކްސްފޮތްތައް ކުދިންގެ އަތުން ހޯދައި އެފޮތްތައް ރަގަޅަށް ބެލެހެއްޓުމުގެ އިތުރަށް ކުދިންނަށް ދޫކުރާ ފޮތްތަކުގެ ރެކޯޑް ބެލެހެއްޓުން
  3. ކުދިންނަށް ދޫކުރާ ވައުޗަރތައް ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުން އަދި ރެކޯޑު ބެލެހެއްޓުން
  1. ސްޓޮކުން ތަކެތި ދޫކޮށް ސްޓޮކް ބާކި ކޮށް އަޕްޑޭޓްކުރުން އަދި ފައިލްކޮށް ބެލެހެއްޓުން
  2. ދުވަހު ޔައުމިއްޔާ ލިޔުން
  3. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި މުވައްޒަފުންގެ ހާޒިރީ ރިޕޯޓު ހެދުން
  4. ސްކޫލަށް އަންނަ އަދި އީގަވަރމަންޓުން އަންނަ ލިޔެކިޔުންތައް އެންޓްރީ ކޮށް ސްކޭންކުރުމަށްފަހު އަޕްލޯޑުކުރުން. އެއަށްފަހު ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކޮށް ފައިލްކުރުން.
  5. ކޮންމެ ދުވަހަކުވެސް ޖަވާބު ދޭންޖެހޭ ސިޓީ، ނުވަތަ މެސެޖް ތަކުގެ ޖަވާބު  ވެރިންނާ މަސްވަރާ ކުރުމަށްފަހު ލިޔެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
  6. ކޮންމެ ދުވަހަކުވެސް ސްކޫލުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ  ސިޓީ، މެސެޖް ފަދަ ލިޔެކިޔުންތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
  7. ސެކްޝަންގެ މުވައްޒަފަކު ޗުއްޓީ ނަގާނަމަ، އެ މުވައްޒަފަކު ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ނުކުންނަންދެން، އެ މުވައްޒަފު ކުރަމުންގެންދާ މަސައްކަތްތައް ކުރުން.
  8. ނުރަސްމީ ގަޑީގައިވެސް ކޮންމެހެން ކުރަންޖެހޭ ރަސްމީ މަސައްކަތެއް ކުރުމަށް ވެރިޔަކު އަންގަވައިފިނަމަ ސްކޫލަށް ނިކުންނަވާ އެ މަސައްކަތެއްކޮށް ނިންމުން
  9. ދަޢުވަތުދެވޭ ހުރިހާ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ ގަޑިއަށް ޙާޒިރުވުން
  10. މުވައްޒަފުންގެ ޗުއްޓީ ޗިޓު ފުރިހަމަކޮށް ޗުއްޓީ ފެށުމުގެ އެއްދުވަސްކުރިން ހަވާލުކޮށް އެލިޔުމުގެ ކޮޕީ އެއް ފައިލްކުރުން
  1. ދަރިވަރުންނަށް ހިންގަވާ އެކްސްޓްރާ/ކޯކަރިކިއުލަމް ހަރަކާތްތަކުގައި ސްކޫލުން އެދިއްޖެ ހިނދެއްގައި ޢަމަލީގޮތުން ބައިވެރިވުން
  2. ދަރިވަރުންނާއި ބެލެނިވެރިންނާއި، ސްޓާފުން އަދި ސްކޫލްގެ ސިއްރުތައް ހިފެހެއްޓުން
  3. ސްކޫލުން ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކުއްލިއަކަށް ދިމާވާ ބޮޑެތިކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން

މަޤާމުގެ ޝަރުޠުތައް:

1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން  'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާ އާއި ގުޅޭ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

ތައުލީމީ ރޮނގުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާން ބަލައިގެން.

ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ:

 

  %45

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، ކިނޮޅަހުސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސްބަލައިގަނެވޭނެއެވެ.                    އީ-މެއިލް އެޑްރެހަކީ ([email protected]) އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.  

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 2019 ޖުލައި 23،22،21 މި ތިން ދުވަހުގެ ތެރެއިން ދުވަހެއްގައި ކިނޮޅަހުސްކޫލްގައެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. އިންޓަރވިއުއަށް ޙާޒިރުވުމަށް 24ގަޑިއިރުކުރިން އެންގޭ ނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ  އެންމެމަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580360 ނަންބަރު ފޯނާއެވެ. އީ- މެއިލް ކުރާނީ [email protected]   އަށެވެ.

 

06 ޛުލްޤަޢިދާ 1440

09 ޖުލައި 2019

 

 

09 ޖުލައި 2019