ދިވެހިރާއްޖެ
އދ. މާމިގިލީ ބަނދަރު ސަރަހައްދުގައި "ބަނދަރު ހިޔާ" އަޅައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2019 ޖުލައި 21 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ ކޮމިޔިނިޓީ ރޫމްގައެވެ. އަންދާސީ ހިސާބު ބަލައިގަތުމާއި ހުޅުވުމުގެ ބައްދަލުވުން އޮންނާނީ 2019 ޖުލައި 30 ވާ އަންގާރަ ދުވަހު 13:00 ގައި މިއިދާރާގެ ކޮމިޔުނިޓީ ރޫމްގައެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ނޯޓްކުރެވޭނީ އެއްފަރާތުގެ ނަމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރު ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ޙާޟިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.
މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތަކާއި، އަންދާސީ ހިސާބާއިއެކު ހުށައަޅަންޖެހޭ ލިޔެކިއުންތައް ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
06 ذُوالقَعِدَة 1440
09 ޖުލައި 2019