ދިވެހިރާއްޖެ
. cnWluAia
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ގެ ލޭންޑްޔޫސްޑް ޕުލޭންގައިވާ ގޮތުގެ މަތިން މިރަށު "ޒިޔާރަތްމަގު" އަދި "ކޮށިމަގު" ހުޅަނގުފަރާތުގެ ހުސްބިން ދަނޑުވެރިކަމަށް ކުއްޔަށް ދިނުމާގުޅޭ
މިރަށު " ޒިޔާރަތްމަގު" ގެ ހުޅަނގު ފަރާތުން 100000 (އެއްލައްކަ) އަކަ ފޫޓުގެ 01 ބިން އަދި މިރަށު " ކޮށިމަގު " ގެ ހުޅަނގު ފަރާތުން 100000 (އެއްލައްކަ) އަކަފޫޓްގެ 01 ބިން ބިޑް އުސޫލުން ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. އަދި މި ދެ ބިން ކުއްޔަށްދިނުމަށްހަމަޖެހިފައިވަނީ 10 އަހަރުގެ މުއްދަތަށެވެ. ތިރީގައިމިވަނީ މި ބިންތަކަށް ހުށަހެޅޭ ބިޑްތަކަށް ޕޮއިންޓް ދިނުމުގައި ބެލެވޭ މިންގަނޑު ތަކެވެ.
ފޯމިއުލާ |
ތަފްސީލް |
މާރކްސް ދެވޭ އިންސައްތަ |
މާރކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price) / (Submitted Price) x Allocated percentage
|
މާރކްސް ދެވޭނީ މި ކައުންސިލުގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީ ރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މައްޗަށް ބަހާލައިގެންނެވެ. މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ. |
%85 |
އަގު |
(Benchmark No of Dhivehi (finey) staff) / (No of Dhivehi(finey) staff) x Allocated percentage
|
މާރކްސް ދެވޭނީ ހުށަހަޅާ "ބިމަށްއެދޭ ފޯމު"ގައި ފިނޭގެ ރައްޔިތުން ވަޒީފާގައި ގެންގުޅޭ ނިސްބަތައް ބަލާ ކުރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ ފޯމެއް ގައިވާ މުވައްޒަފުންގެ މައްޗަށް ބަހާލައިގެންނެވެ. މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ގިނައިން ފިނޭގެ ރައްޔިތުން މުވައްޒަފުންގެ ގޮތުގައި ގެންގުޅޭ ފަރާތަކަށެވެ. މި ކްރައިޓީރިއާގައި ބެންޗް މާރކަކަށް ވާނީ އެންމެ ގިނައިން ފިނޭގެ ރައްޔިތުން މުވައްޒަފުންގެ ގޮތުގައި ގެންގުޅޭ އަދަދެވެ. |
ދިވެހި (ފިނޭގެ ރައްޔިތުން) މުވައްޒަފުން ގެންގުޅޭ ނިސްބަތް |
|
(Benchmark Ijuthimaaee gothunkurumah hushaelhi adhadu ) / (Submitted ijuthimaaee kankan) x Allocated percentage
|
މާރކްސް ދެވޭނީ ބިން ލިބިއްޖެނަމަ އިޖުތިމާއީ ގޮތުން ފިނޭއަށް ގިނަ ކަންތައްތައް ކޮއްދޭފަރާތް ހުށައަޅާ ކަން ކަމުގެ އަދަދު އެއީ ބެންޗް މާކަށް ބަލައިގެން ކްރައި ޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ފޯމެއްގައިވާ ކަންތައްތަކުގެ އަދަދަށް ބަހާލެވި ގެންނެވެ. މިގޮތުން ގިނަ މާރާކްސް ލިބޭނީ ގިނަ ކަންތައްތަކެއް ކޮށްދިނުމަށް އެއްބަސްވާ ފަރާތަކަށެވެ. |
އިޖުތިމާއީ ގޮތުން ރަށަށްކޮށްދެއްވާނެ ކަންކަން |
ވީމާ މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ 13:00 ށް މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު، 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހު 11:00 ށް މި އިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފްނުކޮށް ހުށަހެޅޭ ބިޑްތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި 6520027 މި ނަމްބަރާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
2019 ޖުލައި 9
1440 ޒުލްޤައިދާ 6