ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)195-A-HR/1/2019/09
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 16:43
ސުންގަޑި: 18 ޖުލައި 2019 13:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސެކްރެޓަރީ ޖެނެރަލް މަޤާމުގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ނަންބަރު: ނަންބަރު:IUL-A-HR/195/2019/09

ތާރީޚް: 08 ޖުލައި 2019

މަޤާމު

ސެކްރެޓަރީ ޖެނެރަލް

މަސައްކަތް ކުރަންޖެހޭ ތަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

ބޭނުންވާ އަދަދު

1 (އެކެއް)

މުސާރަޔާއި ޢިނާޔަތްތައް

އަސާސީ މުސާރަ  (މަހަކު)

-/20،500 ރުފިޔާ

ލިވިންގ އެލަވަންސް (މަހަކު)

/-15،000 ރުފިޔާ

އަސާސީ ޝަރުޠު

ޝަރުޠު

- ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ތަޢުލީމީ ފެންވަރަށާއި އިސްނެގުމަށާއި ލީޑަރޝިޕަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމާއި ހިންގުމުގެ ޤާބިލުކަމާއެކު ހުނަރުހުރި މިންވަރަށް ބެލެވޭނެއެވެ. މިދެންނެވި ކަންކަމުގެ އިތުރުން ބެލޭނެކަންތައްތައް ތިރީގައި އެވަނީއެވެ.

- ގަވަނަންސްގެ ދާއިރާއިން ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ ޕޮލިޓިކަލް ސައެންސްގެ ދާއިރާއިން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، އެގްޒެކެޓިވް ލެވެލުގެ (އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން މަތީގެ) މަޤާމެއްގައި އުޅެ 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ތަޖުރިބާ ގުނުމުގައި ބަލާނީ، ސަރުކާރުގައި، ނުވަތަަ ޕަބްލިކް/ޕްރައިވެޓް ސެކްޓަރުގައި ނުވަތަ ޤައުމީ ފެންވަރުގެ ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގެ ޖަމްޢިއްޔާއެއްގެ ނުވަތަ ޖަމާޢަތެއްގެ އެގްޒެކެޓިވް ލެވެލުގެ މަޤާމެއްގައި މަސައްކަތް ކޮށްފައި ވުމާއެކު، އެގްޒެކެޓިވް ލެވެލުގެ ފަންތީގެ ތަޖުރިބާ ލިބިފައިވުން. (ޖަމްޢިއްޔާއެއްގެ ނުވަތަ ޖަމާޢަތެއްގެ މަސައްކަތު ތަޖުރިބާ ގުނުމުގައި، އެ ޖަމްޢިއްޔާއަކީ ނުވަތަ ޖަމާޢަތަކީ މަދުވެގެން 50 (ފަންސާސް) މެންބަރުން ހިމެނޭ ޖަމްޢިއްޔާއަކަށް ނުވަތަ ޖަމާޢަތަކަށް ވާންވާނެއެވެ.)

- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުމާއެކު، އެހެން ކުށެއްގައި ޙުކުމެއް ކޮށްފައިވާ ނަމަ، އެ ޙުކުމް ތަންފީޛުކުރިތާ 5 (ފަހެއް) އަހަރުދުވަސް ވެފައި ވުން.

- ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތަކަށް ރަނގަޅަށް އަހުލުވެރިވެފައިވާ މީހަކަށް ވުން.

- ދެ ބަހުން (ދިވެހިބަހާއި އިނގިރޭސި ބަހުން) ފަރިތަކަމާއެކު މުއާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.

- ތަފާތު ގިންތިތަކުގެ (އިދާރީ އަދި ފަންނީ އެކި ރޮނގުރޮނގުގެ) މުވައްޒަފުން ގޮވައިގެން، ގުޅިގެން އެކީގައި މަސައްކަތްކުރުމުގެ ތަޖުރިބާ ހާސިލުކޮށްފައިވުމާއެކު، ޕްރޮފެޝަނަލް މުވައްޒަފުންނާއި ޓެކްނިކަލް މުވައްޒަފުންނާއެކު ކޮމިޝަން ހިންގުމަށް ބޭނުންވާނެ ލީޑަރޝިޕް ހުރުން

-  މަތީގައިވާ ކަންކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އިންޓަވިއު ޕެނަލެއްގައި ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު

- ކޮމިޝަން އިދާރީގޮތުން ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި ކޮމިޝަނުން ފާސްކުރުމަށްފަހު ކޮމިޝަންގެ ރައީސް ނުވަތަ ނައިބުރައީސް ނުވަތަ އެވަގުތަކު ކޮމިޝަން ޙަވާލުވެ ހުންނެވި މެންބަރެއްގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން.

ކޮމިޝަންގެ މަޝްވަރާއާއެކު  ކޮމިޝަންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައި، ކޮމިޝަނުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު، މެދު އަދި ކުރު ރާސްތާ މަޝްރޫޢޫތައް އެކުލަވާލައި، އެ މަޝްރޫޢުތައް ހިންގައި ބެލެހެއްޓުން.

-   ކޮމިޝަންގެ ބަޖެޓް އެކުލަވާލައި ކޮމިޝަނަށް ހުށަހެޅުމާއި ކަނޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން.

- ކޮމިޝަން ހިންގުމަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ބަޖެޓްގެ ތެރެއިން ހޯދޭނެ އިންތިޒާމް ހަމަޖެއްސުމާއި، މެންބަރުންނާއި މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްދިނުމުގެ އިންތިޒާމް ހަމަޖެއްސުން.

ކޮމިޝަންގެ އިދާރީ ކަންތައްތަކުގައި ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ ޙާލަތުގައި އެކަމުގެ ފުރިހަމަ އެހީތެރިކަން ދިނުން.

ކޮމިޝަނުގެ ޖަލްސާތަކުގައި ސެކްރެޓަރީ ޖެނެރަލްގެ ހައިޘިއްޔަތުން ބައިވެރިވުން.

ކޮމިޝަނުގެ ޖަލްސާތަކަށް ބޭނުންވާނެ ހުރިހާ އިންތިޒާމްތަކާއި ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

-   ކޮމިޝަނުގެ ރައީސްގެ ލަފާގެ މަތިން ކޮމިޝަނުގެ ޖަލްސާތަކުގެ އެޖެންޑާ ތައްޔާރުކުރުން.

ކޮމިޝަނުގެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

-   ކޮމިޝަނުގެ ޖަލްސާތަކަށް ބޭނުންވާ ދިރާސާތަކާއި ރިޕޯޓުތައް ތައްޔާރުކުރުން.

- ކޮމިޝަނުގެ ޖަލްސާތަކުގައި ވޯޓުނަގަންޖެހޭ ކަންކަމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައްކުރުމާއި ނެގޭ ވޯޓުގެ ނަތީޖާއާ އޭގެ ތަފްސީލު ބެލެހެއްޓުން.

- ކޮމިޝަންގެ ބައްދަލުވުންތަކުން ތަންފީޒުކުރުމަށް ނިންމާ ނިންމުތައް ތަންފީޒުކުރުމާއި ކޮމިޝަންގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ނިންމުންތަކާގުޅިގެން ދޭންޖެހޭ ލަފަޔާއި އިރުޝާދު ދިނުން.

-ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކޮމިޝަންގައި އެކުލަވާލާފައިވާ އެކިއެކި ކޮމިޓީތަކުގެ މަސައްކަތް އެ ކޮމިޓީތައް ހިންގުމަށް ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް ހިނގާތޯ ބަލައި، އެ ކޮމިޓީތަކުގެ މަސައްކަތް ހިނގާނުހިނގާގޮތް ބަލައި ދެނެގަނެ، ކޮމިޝަނުގެ ސަމާލުކަށް ގެންނަންޖެހޭ ކަންކަން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.

-ކޮމިޝަނުގެ މަސައްކަތާގުޅިގެން ކޮމިޝަނުގެ ރައީސް ނުވަތަ ނައިބު ރައީސް އަންގާ އެހެނިހެން ކަންތައްތައްކުރުން.

- ޢަދުލު އިންޞާފުގެ ދާއިރާ ކުރިއެރުވުމަށާއި ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުތަކުގެ ތެރެއިން ކޮމިޝަނުގެ މެންބަރަކާ ނުވަތަ މެމްބަރުންނާ ޙަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމަށް އެ މެންބަރަކު ނުވަތަ އެ މެންބަރުން ކުރަންޖެހޭ މަސައްކަތްތަކަށް މަގުފަހިކޮށްދީ އެކަމުގައި އެހީތެރިވުން.

ކޮމިޝަންގެ އިދާރީ އޮނިގަނޑު (ބޭނުންވާ މުވައްޒަފުންގެ ޢަދަދާއި ފެންވަރު އެނގޭގޮތަށް) އެކުލަވާލައި، މުވައްޒަފުން ހޯދައި، ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާން އެކުލަވާލުމާއި، ކޮންމެ މުވައްޒަފަކަށްވެސް، އެ މުވައްޒަފެއްގެ ޒިންމާތައް އެނގޭނެހެން އެ މުވައްޒަފެއްގެ މަސައްކަތް ޙަވާލުކުރުމާއި އެކަމާބެހޭ ރެކޯޑާއި ލިޔެކިޔުންތައް ބެލެހެއްޓުމާއި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، ވަޒީފާއަށް އެކަށީގެން ނުވާ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށް ކޮމިޝަނަށް ހުށަހެޅުން.

-   މުވައްޒަފުންނާ ގުޅޭގޮތުން ހަދަންޖެހޭ ޤަވާޢިދުތަކާއި އުސޫލުތައް އެކުލަވާލައި  ކޮމިޝަނަށް ހުށަހެޅުމާއި އަދި އެ ޤަވާޢިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ކޮމިޝަނަށް ހުށަހެޅުމާއި މުވައްޒަފުންނާ ބެހޭގޮތުން ކޮމިޝަނުން ނިންމާ ނިންމުންތައް މުވައްޒަފުންނަށް އަންގައި އެކަންތައްތައް ތަންފީޒުކުރުން.

މެންބަރުންނާއި މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ މަސައްކަތު މާހައުލާއި ޖާގައާއި ވަސީލަތްތައް އެވަގުތަކަށް ހަމަޖައްސައި ދެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް ހަމަޖައްސައިދިނުން.

ކޮމިޝަންގައި ވަޒީފާ އަދާކުރާ ތަފާތު ފަންނީ ގިންތިތަކުގެ އެންމެން ގުޅިގެން އެކުވެރި ގޮތެއްގައި މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކޮށް ދެމެހެއްޓުމާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ގުޅުން ބަދަހި ކުރުމާއި މަސްލަޙަތު ޤާއިމުކުރުން.

މުވައްޒަފުން މަސައްކަތްކުރާގޮތް ބެލުމާއި، ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް ހިތްވަރު ދިނުމާއި، ވަޒީފާއަށް ފަރުވާކުޑަކުރާ މުވައްޒަފުންނާމެދު އިޞްލާޙި ފިޔަވަޅުއެޅުން.

-   މުވައްޒަފުންގެ މަޢުލޫމާތާއި މަސައްކަތު ހުނަރާއި ޤާބިލުކަން އިތުރުކޮށް ފެންވަރުމަތިކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، މަސައްކަތުގައި އިތުރު އެހީއަށް ބޭނުންވާ މުވައްޒަފުންނަށް އެހީތެރިކަން ދެވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުން.

މުވައްޒަފުންގެ ތެރޭގައި ކަމަށް ކަމޭހިތުމާއި ވަގުތު ބޭނުން ހެޔޮގޮތުގައި ހިފުމާއި، އިޚްލާސްތެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތް ފުރިހަމައަށް ކުރުމާއި، ދުވަހުން ދުވަހަށް މަސައްކަތް ނިންމުންފަދަ ސިފަތައް އަށަގަންނުވައި، ކުރިއަރުވައި، މަސައްކަތުގެ އަޚްލާޤާއި ނަޒާހަތްތެރިކަން ހަރުދަނާކުރުން.

އީޖާދީ އަދި އީޖާބީ އައުގޮތްތައް ހޯދުމަށް ދިރާސާކުރުމާއި، އެގޮތްތައް ތަޢާރަފްކުރުމާއި މަސައްކަތްތައް ފަސޭހަކޮށް، ހަލުވިކޮށް އަދި ޚަރަދުކުޑަކޮށް ކުރެވޭނެގޮތަށް އައު ޓެކްނޮލޮޖީއާއި ގޮތްތައް ހޯދައި، އެކަންކަން ތަޢާރަފްކުރުން.

- ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެމަތިން، ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް، މަޢުލޫމާތާއި ތަޖުރިބާ މެންބަރުންނާއި މުވައްޒަފުންނަށް ޙިއްޞާކުރުން.

ކޮމިޝަން ތަމްޘީލުކުރާ އެކިއެކި ޙަރަކާތްތައް ރާވައި ހިންގުމުގައި އެއްބާރުލުންދީ މިފަދަ ހަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، އެހެން މުވައްޒަފުން ބައިވެރިވުމަށް ހިތްވަރުދީ ނަމޫނާ ދެއްކުން.

މި އިޢުލާންގައިވާ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

- ޖުޑީޝަލް ސަރވިސް ކޮމިޝަންގެ  ވަޒީފާއަށް އެދި ހުށަހަަޅާ ފޯމް (މި ފޯމް މި ކޮމިޝަނުން އަދި ކޮމިޝަންގެ ވެބްސައިޓް  www.jsc.gov.mv  އިން ލިބެންހުންނާނެއެވެ.)

- ސެކްރެޓަރީ ޖެނެރަލްކަމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

- ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ މަޢުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ މަޢުލޫމާތު (ނަމާއި، ހައިސިއްޔަތު އެގޭނެގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް). އެގޮތުން އެ ސުޕަވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި އެބޭފުޅާ ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްްތަކުގެ ކޮޕީ އާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްްކްރިޕްޓްތަކުގެ ކޮޕީ އެޓެސްޓް ކޮށްފައިވުން. (އެޓެސްޓް ކުރާނީ ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމަކުން ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ކޮލެޖް/ޔުނިވަރސިޓީއަކުންނެވެ.)

- ވަނަވަރުގައި ކުރިން ވަޒީފާ އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި ރޭންކް ނުވަތަ ކްލެސިފިކޭޝަން) އެނގޭގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި އެ ވަޒީފާ ތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން

- ޖުޑީޝަލް ސަރވިސް ކޮމިޝަންގައި އަދި ފަނޑިޔާރެއްގެ ގޮތުގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ނުވަތަ ފަނޑިޔާރެއްގެ ގޮތުގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު ވަޒީފާ ބަދަލުކުރުމަށް ނުވަތަ އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.

- މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ

ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ރާއްޖޭގެ ކޮލެޖު/ޔުނިވަރސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.

 

ސުންގަޑި

18 ޖުލައި 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ތީމުގެ އާބުރުޒުހިނގުން) ހުށަހެޅުއްވުން އެދެމެވެ.

އިތުރުމަޢުލޫމާތު

- ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ ފޯމް ބާތިލްވާނެއެވެ.

- މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕަރފޯމަންސް އެޕްރެއިޒަލް)، މި ކޮމިޝަނުން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައިި އެ މަޢުލޫމާތު މި ކޮމިޝަނުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.

- ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ޝޯޓްލިސްޓް ކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން މަސައްކަތުގެ ތަޖުރިބާ އަދި ތަޢުލީމުގެ ބަޔަށް މާކުސް ދިނުމުން އެންމެ މަތިން މާކުސް ލިބުނު 5 ފަރާތަކަށެވެ. މިގޮތުން ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ މަދުނަމަ، ޝަރުޠު ފުރިހަމަވާ ހުރިހާ ފަރާތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ޝޯޓްލިސްޓުކުރެވޭނީ މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިމްތިޙާނަށް ކަނޑައަޅާފައިވާ ޖުމްލަ އިންސައްތައިގެ ½ (ދެބައިކުޅަ އެއްބައި) އަށްވުރެ މަތިން އިންސައްތަ ލިބިފައިވާ ފަރާތްތަކެވެ.

- އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ޝޯޓްލިސްޓު ނުކުރެވޭ ފަރާތްތަކަށް ޝޯޓްލިސްޓް ނުކުރެވޭކަން ކޮމިޝަނުގެ އިދާރާގެ ފަރާތުން ސަބަބާއެކު އަންގާނެއެވެ. މިގޮތަށް އަންގާ އެންގުން، އެ ކެނޑިޑޭޓަކު އެޕްލިކޭޝަން ފޯމުގައި ދީފައިވާ އީމެއިލް އެޑްރެހަށް ނުވަތަ ފޯނު ނަންބަރަށް މެސެޖަކުން އަންގާނެއެވެ.

- ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވޭ ފަރާތަށް ވަޒީފާއަށް ހޮވުނުކަމުގެ ލިޔުން ކޮމިޝަނުން ފޮނުވާނެއެވެ. އަދި މި މަޤާމަށް ނުހޮވޭ ފަރާތްތަކަށް ނުހޮވުނުކަން ސަބަބާއެކު އެ ފަރާތްތަކަށް ލިޔުމުން އަންގާނެއެވެ.

- ޕްރެޒެންޓޭޝަނާ ގުޅޭ ތަފްޞީލް މަޢުލޫމާތާއެކު، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މަސައްކަތު 2 ދުވަސް ކުރިން، އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ޝޯޓްލިސްޓްވީ ފަރާތްތަކަށް އަންގާނެއެވެ.

- ސްކްރީން ކުރުމުގެ މަރުހަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މި މަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އިމްތިޙާނާއި އިންޓަވިއުއިންކުރެ އެއްވެސް މަރުހަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުހަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުސަތު ގެއްލޭނެއެވެ. އަދި އެ ފަރާތްތަކަށް އެކަން ލިޔުމުން އަންގަންވާނެއެވެ.

- ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތު ރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާއިދުގެ 51 ވަނަ މާއްދާގެ (ހ) އަދި 52 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާނެއެވެ. ހިންގާ ޤަވާއިދު www.jsc.gov.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ.

- ސެކްރެޓަރީ ޖެނެރަލްއަކު އައްޔަންކުރުމުގައި "ސެކްރެޓަރީ ޖެނެރަލް ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ޢުޞޫލު" ގައިވާ ކަންކަމަށް ރިޢާޔަތްކުރެވޭނެއެވެ.

- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501، 3340628، 3340617 އެވެ. ވަޒީފާއަށް އެދޭ ފޯމް، www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

08 ޖުލައި 2019