ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)231-AH/231/2019/48
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 18 ޖުލައި 2019 14:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރު

މަޤާމް:

ޑްރައިވަރު

މަޤާމުގެ ނަންބަރު:

J-232068, J-223355

ބޭނުންވާ އަދަދު:

2

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާރފް ގްރޭޑް2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:

3470.00 ރުފިޔާ 

ސަރވިސް އެލެވަންސް:

1000.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 1:

1200.00 ރުފިޔާ

އެހެނިހެން އެލަވަންސް

01- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

02- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

03-  ސިވިލްސަރވިސްގެމުވައްޒަފުންނަށްހަމަޖެހިފައިވާއުސޫލުންއިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

01- ކައުންސިލްގެ ވެހިކަލް ވޭން އަދި ކާރު ބެލެހެއްޓުމާއި އޮޕަރޭޓްކުރުން

02- އަތޮޅުކައުންސިލްގެ އިދާރާއިން ކުރަންޖެހޭ އެއްގަމުދަތުރުތަކުގައާއި، އެނޫންގޮތްގޮތުންކުރަންޖެހޭ ދަތުރުތަކުގައި އަތޮޅުކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތިން ވޭނާއި، ކާރު ތައްޔާރުކޮށް ދަތުރުތައް ފަރުވާތެރިކަމާއެކު ކޮށްދިނުން

03- ވޭން އަދި ކާރުގެ ދަތުރުތަކުގައި އުޅޭއިރުގައާއި، ގަރާޖުގައާއި، އެނޫންތަންތާންގައި މި ދެވެހިކަލް އޮންނައިރު މި ދެވެހިކަލް ބަލަހައްޓާ މި ދެވެހިކަލަށް ގެއްލުމެއްވިޔަނުދީ ރަނގަޅަށް ބެލެހެއްޓުން

04- ވޭން އަދި ކާރު ދުއްވަން އޮފީހުން ބޭނުންވާ ހުރިހާ ވަގުތަކު ވެހިކަލް ދުއްވުން

05- ވޭން އަދި ކާރަށް ބޭނުންވާ އަޑީތެލާއި، ޕެޓްރޯލް، ފިލްޓަރުތަކާއި، ކިޓުކުރާ ސާމާނާއި އަދި މިނޫނަސް ވޭން އަދި ކާރަށް ހޯދަންޖެހޭ ހުރިހާ އެއްޗެއް ހުސްވުމުގެކުރިން ހޯދުމަށް ސްޕަވައިޒަރަށް ރިޕޯޓް ކުރުން

06- ވޭން އަދި ކާރު އަހަރީފީ، އިންސުއަރެންސް އަދި ރޯޑުވާދިނަސްގެ މުއްދަތު ހަމަވުމުގެ ކުރީގައި އަލުން އައުކުރުމަށްޓަކައި އެކަން ސްޕަވައިޒަރަށް ރިޕޯޓް ކުރުން

07- ވޭން އަދި ކާރު މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ޙައްލުކުރުމަށް ވަގުތުން އެކަން ސްޕަވައިޒަރަށް ރިޕޯޓް ކުރުން.

08- ވޭން އަދި ކާރު އެތެރެއާއި ބޭރު އަބަދުވެސް ސާފުކޮށް ދަތުރު ކުރެވޭފަދަ ޙާލަތެއްގައި ދެ ވެހިކަލްވެސް ބޭއްވުން

09- މަދުވެގެން ކޮންމެ މަހަކު 1 ފަހަރު (މަހުގެ މަސައްކަތު އެންމެ ފަހު ހަފުތާ ތެރޭގައި) ވޭން އާއި ޕިކަޕުގެ ދޮވެ ސާފުކުރުމާއި، ކިޓުކުރަން ޖެހޭ ބައިތައް ކިޓުކުރުމާއި، ވެކިއުމްކޮށް ސާފުކުރަންޖެހޭ ބައިތައް ސާފުކުރުމާއި އަދި ތެޔޮލާ ބަލަހައްޓަންޖެހޭ ބައިތަކުގައި ތެޔޮލާ ބެލެހެއްޓުން.

10- ގަރާޖުގެ އެތެރެ ކުނިކަހާ ސާފު ކުރުމާއި، ގަރާޖު މަރާމާތުކުރަން ޖެހޭނަމަ އެކަން ސްޕަވައިޒަރަށް ރިޕޯރޓްކުރުން

11- މިދެވެހިކަލްގެ އިންޖީނު ފޮހެސާފުކުރުމާއި، އިންޖީނުގެ ތެޔޮހަމައަށް ހުރޭތޯ ޗެކްކޮށް ބެލުން

12- މިދެވެހިކަލަށް ލިބޭ ގެއްލުމާއި، މަރާމާތަށް ބޭނުންވުމުން ސްޕަވައިޒަރަށް ރިޕޯރޓްކުރުން

13- ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ، އެހެން ސެކްޝަނެއް/ ޔުނިޓެއްގެ މަސައްކަތްތަ ޚާއްޞަ ޙާލަތެއްގައި ވަގުތީ ގޮތުން ޙަވާލުކުރެވިއްޖެނަމަ، އެމަސައްކަތެއް ކުރުން

 

މަޤާމުގެ ޝަރުޠުތައް:

 

1-     މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް "ބީ1"  ކެޓަގަރީގައި ހިމެނޭ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް/ހުއްދައެއް/ ސަނަދެއް ހާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

             

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

 (ހ) ދައުލަތުގެ މުއްއަސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީގެ މުއްދަތާއި، ވަޒީފާ ގެމަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން  ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާ ގެމަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން:

26%

  • މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

26%

  • ލިބިފައިވާ ހުނަރު (އިންޓަރވިއު)

48%

 

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބޭ ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖުލައި 2019 ގެ 14:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6620043 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 19 ޖުލައި 2019 އާއި 31 ޖުލައި  2019 އާ ދެމެދު، ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާ ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ އިތުރުވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވިދާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620116 ނުވަތަ 6620120 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6620043 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

08 ޖުލައި 2019