ދިވެހިރާއްޖެ
މާމެންދޫ ސްކޫލް
ލ.މާމެންދޫ / މާމެންދޫ ސްކޫލް
ނަންބަރ: GS-189/IUL/2019/09
އިޢުލާނު
ވަޒީފާގެ ފުރުޞަތު:
ކައުންސެލަރ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެ.
މަޤާމް: |
ކައުންސެލަރ |
|||||||||||||||||||||||||||||||||
މަޤާމުގެ ނަންބަރ: |
J-274649 |
|||||||||||||||||||||||||||||||||
ބޭނުންވާ ޢަދަދު: |
01 |
|||||||||||||||||||||||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
|||||||||||||||||||||||||||||||||
މަޤާމުގެ ރޭންކް: |
އެމް.އެސް 1 |
|||||||||||||||||||||||||||||||||
މަޤާމުގެ ކުލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|||||||||||||||||||||||||||||||||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މާމެންދޫ ސްކޫލް / ލ.މާމެންދޫ |
|||||||||||||||||||||||||||||||||
މުސާރަ: |
-/5610 (ފަސްހާސް ހަސަތޭކަ ދިހަރުފިޔާ) |
|||||||||||||||||||||||||||||||||
ސަރވިސް އެލަވަންސް: |
-/2000 (ދެހާސް ރުފިޔާ) |
|||||||||||||||||||||||||||||||||
ސަޕޯޓިންގ ކޯ އެލަވަންސް2 |
-/700 (ހަތްސަތޭކަ ރުފިޔާ) |
|||||||||||||||||||||||||||||||||
އެހެނިހެން އިނާޔަތް ތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް - ދިވެހިރާއްޖެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން - ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
|||||||||||||||||||||||||||||||||
ދާއިރާ: |
- ކައުންސެލިންގ |
|||||||||||||||||||||||||||||||||
ގުޅޭ ތަޢުލީމީ ރޮނގުތައް:
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތާއި ވާޖިބުތައް: |
- ކައުންސެލިންގ - ސައިކޮލޮޖީ
1- ކައުންސެލިންގ ޕްރޮގްރާމުތައް ރޭވުމާޢި، އެ ޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑްތަކެއް ބެލެހެއްޓުން .2- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާޢި، ކައުންސެލިންގެ ފޮލޯއަޕް ހެދުން. 3- ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށައަޅާކަންތައް ބަލައި ، އެކަންކަމުގައި އެފަދަ ކުދިންނާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން .4- ނަފްސާނީ ދުޅަހެޔޮކަމުން ބޭނުންވާ މަޢުލޫމާތު ހޯދައި، ދަރިވަރުންނަށް ފޯރުވައިދިނުން.
5- ސްކޫލްގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާޢި، ހަފުލާތަކަށް މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަންދިނުން. 6- ސްކޫލުގެ އަހަރީ އިނާމުދިނުމުގެ ހަފުލާގެ ތައްޔާރީތަކާއި، ޖަލްސާގެ އެންމެހައި ކަންކަން ނިމެންދެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ސްކޫލުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން. |
|||||||||||||||||||||||||||||||||
މަޤާމްގެ ޝަރުތުތައް: |
1- މަޤާމްގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން
|
|||||||||||||||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް |
1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް). 3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 5. ލިބިފައިވާ ހުރިހާ ސެޓްފިކެޓްތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓުތަކުގެ ކޮޕީ. 7. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ. 8. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
|||||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ %45 (ސާޅީސްފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ. |
|||||||||||||||||||||||||||||||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން މާމެންދޫ ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ: [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. |
|||||||||||||||||||||||||||||||||
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 17 ޖުލައި 2019 އާއި 22 ޖުލައި 2019 އާއި ދެމެދު މާމެންދޫ ސްކޫލު ގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ތަނާއި ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ. |
|||||||||||||||||||||||||||||||||
ޝޯޓް ލިސްޓް ކުރުން: |
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޢަދަދު 10 ން މަތިނަމަ، ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
|||||||||||||||||||||||||||||||||
އިތުރު މަޢުލޫމާތު |
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6800549 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. |
ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.
05 ޛުލްޤައިދާ 1440
08 ޖުލައި 2019