ދެންނެވުން
ނަންބަރު: (IUL)460/460/2019/4
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 08:53
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ހުޅުވައިލެވިފައިވާ އާންމު އަޑު އެހުން ކެންސަލް ކުރުން

މި އޮފީހުގެ ނަންބަރު (IUL)460/460/2019/2 (3 ޖުލައި 2019) އިއުލާނާ ގުޅިގެން ދަންނަވަމެވެ.

މައުލޫމާތަށް އެދުނު ފަރާތުން، އެ މައްސަލަ އިތުރަށް ކުރިޔަށް ގެންދާން ބޭނުންފުޅު ނުވާކަމަށް މި އޮފީހަށް އަންގަވާފައިވާތީ މިއަދު 10:00 ގައި ބާއްވަން ކުރީން ތާވަލު ކުރެވިފައި އޮތް އާންމު އަޑު އެހުން ކެންސަލް ކުރެވިއްޖެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

05 ޛުލްޤަޢިދާ 1440   

08 ޖުލައި 2019