ދިވެހިރާއްޖެ
ދެންނެވުން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކޮންމެ އަހަރަކު ހިންގަމުން އަންނަ އެކްސަސައިޒް "ރަންނަމާރި ހަންޓް2019-02"
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކޮންމެ އަހަރަކު ހިންގަމުން އަންނަ އަސްކަރީ ތަމްރީން "އެކްސަސައިޒް ރަންނަމާރި ހަންޓް 2019-02" މި ހިނގާ ޖުލައި މަހުގެ 07 އިން 11 އަށް ތިޔަ އަތޮޅުގެ ރަށްތައް ކަމަށްވާ ލ. ގަން، ލ. ފޮނަދޫ، ލ. ކައްދޫ އަދި ލ. ކަޅައިދޫގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުގައި ހަރަކާތްތެރި ވާއިރު، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި އެއްގަމާއި ކަނޑުގައި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.
30 ޝައްވާލް 1440
03 ޖުލައި 2019