ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2019/123
އިޢުލާން
ގދ.ގައްދޫ ހައުސިން ޔުނިޓް ސަރަޙައްދަށް ކަރަންޓުލުމަށް ކޯރުކޮނެ ކޭބަލް ވަޅުލުމާ ގުޅޭ:
ގދ.ގައްދޫ ހައުސިން ޔުނިޓް ސަރަޙައްދަށް ކަރަންޓުލުމަށް ކޯރު ކޮނެ އެޗް.ވީ ކޭބަލް، އެލް.ވީ ކޭބަލް އަދި ކޮންސިއުމަރ ކޭބަލް ވަޅުލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13:00 އަށް މި ކުންފުނީގެ ގދ.ގައްދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ގދ.ގައްދޫ ބްރާންޗަށެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.
04 ޛުލްޤަޢިދާ 1440
07 ޖުލައި 2019