ވަޒީފާގެ ފުރުޞަތު
ނަންބަރު: GS116-IUL/2019/027
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 15:49
ސުންގަޑި: 15 ޖުލައި 2019 12:00
ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

މި އިޢުލާންވަނީ 08 ޖުލައި 2019 09:06 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

            މި ސްކޫލްގެ ކީ ސްޓޭޖް 1 ،3،2  އަދި ފައުންޑޭޝަން ސްޓޭޖަށް ކިޔަވައިދިނުމަށްޓަކައި ތިރީގައި މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުން ވެއްޖެއެވެ.

 މަޤާމް: ރިލީފް ޓީޗަރ   ( ކޮންޓްރެކްޓް / ކްރިއޭޓިވް އާރޓް އަދި ހެލްތު އެންޑް ޕީ.އީ )

ބޭނުންވާ އަދަދު: 2

މަޤާމް: ރިލީފް ޓީޗަރ   ( ފައުންޑޭޝަން ސްޓޭޖް )

ބޭނުންވާ އަދަދު: 4

މަޤާމުގެ ބާވަތް: ވަގުތީ ( ދިރާސީ އަހަރު ނިމެންދެން )

މަޤާމުގެ ރޭންކް: GS 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ސެކްޝަން: އެކަޑަމިކް

މަޤާމު އޮތް އޮފީސް: ހިދާޔާސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން: ހިދާޔާސްކޫލް / ނ.މިލަދޫ

 

ފެންވަރު ނުވަތަ ޝަރުތު:

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

- ޘާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން

މަހަކު 4500.00 ރުފިޔާ

މަހަކު 1500.00 ރުފިޔާ

- މަތީ ޘާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން

މަހަކު 5500.00 ރުފިޔާ

މަހަކު 1500.00 ރުފިޔާ

- ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން

މަހަކު 6090.00 ރުފިޔާ

މަހަކު 2500.00 ރުފިޔާ

 

އެހެނިހެން އިނާޔަތްތައް

- ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭ ބޭސްފަރުވާގެ ޚިދުމަތް

- ދިވެހިރާއްޖޭގެ ޕެންސަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ވަޒިފާގެ މަސްއޫލިއްޔަތު

- ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- ބެލެނިވެރިންނާއި، ދަރިވަރުންނާއި، ޓީޗަރުންނާއި، ސްކޫލާމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރުން.

- ޤައުމީ މަންހަޖާ އެއްގޮތަށް އުނގަންނައިދިނުމުގެ އެންމެހައި ކަންތައްތައް ރާވައި ހިންގުން.

- ކުދިންގެ ތަޢުލީމާއި ތަރުބިއްޔަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

- ކުދިންގެ ކިބައިގައި ދީނީ، އަޚްލާޤީ ސިފަތައް އަށަގެންނެވުން.

- ވަށާޖަހާ ތަޢުލީމަކަށް މަގުފަހިވާނެހެން އިތުރު ހަރަކާތްތައް ރާވައި ހިންގުން.

- ދަރިވަރުންގެ ރެކޯޑުތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުން.

- އިމްތިޙާންތަކުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުން.

- ކިޔަވައިދިނުމާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ރެކޯޑްތައް އެއްކޮށް، އެ ރެކޯޑްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- ދަރިވަރުންގެ ފެންވަރު މަތިކުރުމަށް ތަފާތު ޕްރޮގްރާމްތައް ޓީޗަރުންނާއި އެޗް އޯޑީން މެދުވެރިކޮށް ރާވައި ހިންގައި ބެލެހެއްޓުން.

- ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ރަނގަޅުކުރުމަށް ތަފާތު ހަރަކާތްތައް ރާވައި، ހިންގުމާއި، ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަންޖެހޭ ކަންތައްތަކުގައި ފިޔަވަޅު އަޅައި، ރެކޯޑް ބެލެހެއްޓުން.

- ކަނޑައެޅޭ އުސޫލެއްގެމަތިން ކޯޑިނޭޝަން މީޓީންގތައް ބާއްވާ މުދައްރިސުންގެ މަޝްވަރާއާއެކު ނިންމޭ ކަންތައްތައް ތަންފީޒުކުރުމަށް މަސައްކަތް ކުރުމާއި، ކިޔަވައިދިނުމާ ގުޅިގެން ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން.

- ސްކޫލުގެ ކޯކަރިކިއުލަރ ހަރަކާތްތައް އެކަޑަމިކް ކަލަންޑަރުގައިވާގޮތުގެމަތިން ރާވައި ހިންގުމަށް މަސައްކަތްކުރުމާއި، މިކަމާގުޅޭ އެންމެހައި ރެކޯޑްތައް ބެލެހެއްޓުން.

- ކޮންމެ ޓާރމެއް ނިމުމުން، ބެލެނިވެރިންނަށް ފީޑްބެކް ދިނުމަށް ބޭއްވޭ ބައްދަލުވުންތައް ބޭއްވުމާއި، ފީޑްބެކް ފޯމުތައް ތައްޔާރުކުރުވުމާއި އެތަކެތި ބެލެހެއްޓުން.

- ދަރިވަރުންގެ ރެކޯޑް ފައިލްތައް ޤަވައިދުން ބެލެހެއްޓުމަށް ޓީޗަރުންނާ ހަވާލުކޮށް، އެތަކެތި ޤަވައިދުން ބަލަހައްޓާތޯ ބަލައި ޗެކްކުރުން.

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

 

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

1. މަޢުލޫމާތުފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު  ( ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުއޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mvގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ،  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކްޓް ތަކުގެކޮޕީ:

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން މި ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އީމެއިލް އެޑްރެހަކީ:    [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

އިންޓަރވިއު

- މި މަޤާމަށް ބޭނުންވާ، ރިލީފް ޓީޗަރުން ޢައްޔަންކުރެވޭނީ، އިންޓަވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނީ، 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:30 އާއި 10:30 އާއި ދެމެދު މި ސްކޫލުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  

 ޝޯޓް ލިސްޓްކުރުން

 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ  މަތީން މާކުސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނައެވެ.  އިންޓަވިއު ކުރެވޭނީ، ޝޯޓުލިސްޓުކުރުމަށްފަހު، ހޮވުނު ފަރާތްތަކަށެވެ.

- އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ:

%45

 

އިތުރު މަޢޫލޫމާތު

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6560572 ނަންބަރ ފޯނާއެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ.

 

       

        7     ޖުލައި        2019

07 ޖުލައި 2019