ވަޒީފާގެ ފުރުޞަތު
ނަންބަރު: GS139/2019/19
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 18 ޖުލައި 2019 12:00
ބ. ގޮއިދޫ ސްކޫލް، ބ. ގޮއިދޫ
ދިވެހިރާއްޖެ
މަސައްކަތު

 މަޤާމް:                       މަސައްކަތު

 މަޤާމުގެ ނަންބަރު:                   J291490                                            

 ބޭނުންވާ އަދަދު:                     1            

 މަޤާމުގެ ގިންތި:                    ދާއިމީ

 މަޤާމުގެ ރޭންކް                    އެސް އެސް 1

 މަޤާމުގެ ކްލެސިފިކޭޝަން :                ސަޕޯޓް ސްޓާޕް ގްރޭޑް 1

 ވަޒީފާއަދާކުރަން ޖެހޭ ތަން:                 ގޮއިދޫ ސްކޫލް/ ބ.ގޮއިދޫ

 މުސާރަ :                        -/3100

 ސަރވިސް އެލަވަންސް:                    -/1000     

 އެހެނިހެން އެލަވަންސް:                    -/1200 (ސަޕޯޓިންގ ކޯ އެލަވަންސް)

 

އިތުރު އިނާތްޔަތްތައް:                 

  1. ސިވިލްސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި، ވާޖިބުތައް:

  1. ސްކޫލުގެ އޮފީހާއި ގޮޑި މޭޒު ކަބަޑު، ދޮރާއި ދޮރުފަތް އަދި ފަންކާ ސާފުކުރުން އަދި ތަށިމުށި ސާފުކޮށް މޮޕްޖެހުން 
  2. ހަވާލުކުރެވޭ ކުލާސްތަކުގައި ފަރުނީޗަރާއި ކުލާސް ކަބަޑާއި ވަށިގަނޑު، ފަންކާ ފަދަ ތަކެތި ރަގަޅަށް ފޮޅައި ސާފުކޮށް ބެލެހެއްޓުން. އަދި މުށިޖަހައިފައި ހުންނަ ކުލާސްތަކުގައި މުށި ސާފުކޮށް މޮޕްޖެހުން.  
  3. ސްކޫލުގެ ފާޚާނާތައް ތަޅުމާއި ބިތާއި ފާޚާނާ ތައްޓާއި މޫނު ދޮންނަ ތަށި އަދި މިނޫނަސް ފާޚާނާގައި ބޭނުނުްކުރާ ޝަވަރު އިސްކުރު ފަދަ ތަކެތި ފަރުވާތެރި ކަމާއިއެކު ރަގަޅަށް ސާފުކުރުން   
  4. ހަވާލުކުރެވޭ ވަގުތުތަކުގައި ފާޚާނާ ބެލެހެއްޓުން. އަދި ފާޚާނާ ކުރުމަށް އަންނަ ކުދިންނަށް އެހީތެރިވެދިނުން.     
  5. ސްކޫލުގައި ބޭނުންކުރާ ތައްޓާއި ފެންއަޅާ ޖަގާއި ކޫލަރ ފަދަ ތަކެތި ދޮވެ ސާފުކޮށް ބެލެހެއްޓުން.
  6. ސްކޫލުގައި ބޭއްވޭ އެކި އެކި ރަސްމިއްޔާތުތަކަށް ސްކޫލް ތައްޔާރު ކުރުމުގައި ބައިވެރިވެ މަސައްކަތް ކުރުން.
  7. ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
  8. ސްކޫލް ގޮތިތެރެއާއި، ސްކޫލުގެ ވަށައިގެންވާ މަގުތައް ކުނިކަހާ، ވިނަނޮޅާ ސާފުކޮށްް ބެލެހެއްޓުން.
  9. ސްކޫލް ގޯތިތެރޭގައި ހުރި ހިޔާދޭ ބޮޑެތި ގަސްތައް ކޮށާ ސާފުކޮށް ބެލެހެއްޓުން އަދި ޢިމާރާތްތަކުގެ ދިޔަދޮވިތައް، ކޮންމެ ކޮންމެ މަހަކު އެއްފަހަރު ސާފުކުރުމާއި އެކު ސްކޫލުގައި ބެހެއްޓިފައި ހުންނަ ބޯފެންތާނގީތައް ސާފުކޮށް ބަލަހައްޓައި ވާރޭވެހޭއިރު ދިޔަދޮވިތައް ސާފުކޮށް ތާނގީތަކަށް ސާފުވާރޭފެން ނެގުމުގެ މަސައްކަތް ކުރުން.

 މަޤާމުގެޝަރުތުތައް:                            

  1. ލިޔަން ކިޔަން އެގުން

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭ ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ  އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެދްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްްފައިވާ ލިޔުމެއް. 
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ؛

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކުރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

ށ. މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓް ތަކާއި ޓްރާންސްކުރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީ.

 

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.
  2. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ،

ހ. ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ށ. އަމިއްލަ ކުންފުންޏެއް  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ. އަދި ވަޒިފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަކުނެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދުކޮށްްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ޗެކްފޯރމް.

 

 ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  1. 1.    ތަޢުލީމަށް ލިބިފައިވާ މިންވަރު
  2. 2.    ތަމްރީނަށް ލިބިފައިވާ މިންވަރު
  3. 3.    މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތަށް ބެލުމަށް އިންޓަރވިއު ކޮށްގެން.
  4. 4.    ވަޒީފާއާއި ގުޅޭ މަސައްކަތުގެ ތަޖުރިބާ އަށޤ ލިބިފައިވާ މިންވަރު
  5. 5.    މެރިޓް އުސޫލުން އެންމެ މަތިން މާރކްސް ލިބޭ ފަރާތް

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 16 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 12.00 ގެ ކުރިން ބ. ގޮއިދޫ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން  ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑަ އަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އާއި ޕްރެކްޓިކަލް

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިޔުއާއި ޕްރެކްޓިކަލްސް އޮންނާނީ، 17 ޖުލައި 2019 އާއި 21 ޖުލައި 2019 އާ ދެމެދެ ބ. ގޮއިދޫ ސްކޫލް ގައެވެ.

 

ޝޯޓްލިސްޓް ކުރުން

މިވަޒިފާއަށް އެދި ހުޝަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިސްކޫލްގެ 6600014 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

 

 

07 ޖުލައި 2019