ދިވެހިރާއްޖެ
ނަމްބަރު: IUL/358/358/2019/3
އިޢްލާން
ވ.ތިނަދޫ ކައުންސިލުން އަންގާގޮތަކައް އައުޓްޑޯ ޖިމަކާއި ބީޗް ވޮލީ ކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުން:
ވ.ތިނަދޫ ކައުންސިލުން އަންގާ ގޮތަކަށް މިރަށުގެ ބަނދަރު ސަރަހައްދުގައި އައުޓްޑޯ ޖިމަކާއި ބީޗް ވޮލީ ކޯޓެއް އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ..
ވީމާ މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭންބޭނުންވާ ފަރާތްތަކުން 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް ކައުންސިލް އިދާރާއަށް ދުރުވެ ނުވަތަ ކައުންސިލަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު މަސައްކަތްކޮށްދެއްވޭނެ އަގު ( އެސްޓިމޭޓު ) ހިއްޕަވައިގެން 15 ޖުލައި 2019 ވާ ހޯމަ ދުވަހު ހެނދުނު 11:00 ށް ކައުންސިލް އިދާރާއަށް ދުރުވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ވ.ތިނނަދޫ ގައި އައުޓްޑޯ ޖިމަކާއި ބީޗް ވޮލީ ކޯޓެއް އަޅައިދިނުމަށް އެދި" މިހެންލިޔެފަ އޮންނަށްވާނެއެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނުނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައޮންނަންވާނެއެވެ. ބަދަލުގައި އެހެންބޭފުޅަކު ވަޑައިގަންނަވާނަމަ އެމީހަކީ ކާކުކަން އެނގޭފަދަ ރަސްމީ ލިއުމެއް ހުށަހަޅުއްވަން ވާނެއެވެ.
މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ (ޤާނޫނު ނަންބަރ 2014/08) ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިލްއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ (ޤާނޫނު ނަންބަރ 2014/19) ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށެވެ.
އަންދާސީ ހިސާބު ހުޅުވުން:
އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 15 ޖުލައި 2019 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގައި ވ.ތިނަދޫ ކައުންސިލްގެ އިދާރާގައި އަންދާސީ ހިސާބު ހިއްޕަވައިގެން ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޒިރުގައެވެ. ނަމަވެސް އިވެލުއޭޓް ކޮމެޓީއިން ބެލުމަށްފަހު ޝަރުތު ހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްފަހު އަންދާސީ ހިސާބުގެ އެއްވެސް ލިއުމަކަށް އުނިއިތުރެއް ނުގެނެވޭނެއެވެ.
މާކްސް ދެވޭ ގޮތްތައް:
# |
މާކްސް |
މާކްސްދެވޭ މިންގަނޑުތައް |
ތަފްސީލް |
01 |
%50 |
އަގު |
އެންމެގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑަ އަގަށް |
02 |
%25 |
މުއްދަތު |
މަސައްކަތް އެންމެ އަވަސް މުއްދަތެއްގައި ނިންމާ ފަރަތަކަށް |
03 |
%25 |
ތަޖުރިބާ |
ކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް |
މާކްސް ދެވޭގޮތުގެ ތަފްސީލް:
01 ބިޑް އިވެލުއޭޓް ކުރާނީ މިކައުންސިލުން އައްޔަނުކުރާ ބިޑް އިވެލުއޭޓްކުރާ ކޮމެޓީއަކުންނެވެ.
02 ބިޑް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފަރާތަކަށް ބިޑް ލިބޭނެއެވެ.
03 ބިޑް އިވެލުއޭޓް ކުރުމުގައި އެއްވެސް ޝަކުވާއެއް އޮތްނަމަ މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
04 ޛުލްޤަޢިދާ 1440 ހ
07 ޖުލައި 2019 މ