ދިވެހިރާއްޖެ
ނ.މާފަރު ސްކޫލް
ނ.މާފަރު
އިޢުލާން
GS115/2019/20: ނަމްބަރު
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރު |
J-275136 |
ބޭނުންވާ އަދަދު: |
01 |
މާޤާމުގެ ގިންތި: ރޭންކް: |
ދާއިމީ ޖީ.އެސް. 4 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގުރޭޑް 2 |
ސެކްޝަން: |
އެޑްމިން ސެކްޝަން |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މާފަރު ސްކޫލް / ނ.މާފަރު |
މުސާރަ: |
5020.00 ރުފިޔާ |
ސަރވިސް އެލެވަންސް: ސަޕޯޓިންގ ކޯ އެލަވަންސް: |
1500.00 ރުފިޔާ 700.00 ރުފިޔާ |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:--
1- ދަރިވަރުންނާއި ގުޅުންހުރި، އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން
2- ދަރިވަރުން ރަޖިސްޓްރީކުރުމުގެ ކަންތައްތައް ބެލެހެއްޓުން
3- މީމިސް އަޕްޑޭޓްކޮށް ބެލެހެއްޓުން
4- ދަރިވަރުންނަށް ދެވޭ "ސްކޫލް ލީވިންގ ސެޓްފިކެޓް" ހެދުމުގެ ކަންތައްތައް ކުރުން
5- ދަރިވަރުންގެ ރެކޯޑުތައް ބެލެހެއްޓުން
6- ދަރިވަރުންނާއި ބެލެނެރިންނަށް އަންގަންޖެހޭ މަޢުލޫމާތުތަކާއި ބައްދަލުވުމަށް ހާޒިރުވުމަށް ދެވޭ ސްލިޕް ތައްޔާރުކުރުން
7- ސްކޫލް މެސެޖް ސިސްޓަމުން ފޮނުވަންޖެހޭ މެސެޖްތައް ވެރިންގެ އިރުޝާދުގެ މަތިން ކަޑައެޅިފައިވާ ގަޑިއަށް ފޮނުވުން
8- ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރ ދޫކުރުން
9- ދަރިވަރުންނަށް ދޫކުރާ ޓެކްސްޓް ފޮތްތައް ދޫކުރުން
10- ހާޒިރުނުވާ ދަރިވަރުންގެ މަޢުލޫމާތު މިނިސްޓްރީގެ ގޫގުލް ޑްރައިވްގައި ކޮންމެ ދުވަހަކު ކަޑައެޅިފައިވާ ވަގުތުގެ ކުރިން އަޕްޑޭޓްކުރުން
މަޤާމުގެ ޝަރުޠުތައް:-
1 " ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑް ލިބިފައި ވުމާއިއެކު އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުމާއިއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގުރޭޑް ލިބިފައިވުމާއިއެކު އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.
ނުވަތަ
3 މަގާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ދާއިރާ:
ތަޢުލީމީ ރޮނގުތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް:-
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މާފަރު ސްކޫލް ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:-
* ތައުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު 40%
* ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން 5%
* މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ 10%
* މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް 45%
ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:-
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖުލައި 2019 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، މާފަރު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:-
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ، 17 ޖުލައި 2019 އާއި 25 ޖުލައި 2019 އާ ދެމެދު، މާފަރު ސްކޫލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓް ކުރުން:-
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. ވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ މަދުނަމަ ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ވެސް ވަޒީފާއަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމުގެ ފުރުޞަތު ދެވޭނެވެ.
އިތުރު މަޢުލޫމާތު ހޯދުން:-
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު އިތުރު ސާފުކުރުމަށް ގުޅާނީ 6560574 ނަންބަރު ފޯނާއެވެ.