ދިވެހިރާއްޖެ
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އިމާރާތްތަކާއި ގޯތިތެރެއާއި މިނޫނަސް ހޮސްޕިޓަލުގެ ގޯތިތެރޭގައި ހިމެނޭ ބައެއް ތަންތަން ފޮޅައި ސާފުކުރުމުގެ މަސައްކަތް 3 މަސް ދުވަހުގެ މުއްދަތަށް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ 2019 ޖުލައި 11 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މި ބީލަމާބެހޭ މައުލޫމާތު ސާފުކުރަށްވާ ފަރާތްތަކަށެވެ. މައުލޫމާތު ދިނުން އޮންނާނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ.
ބީލަން ހުށަހަޅުއްވަން ވާނީ ސިޓީ އުރައެއްގައި ބަންދުކުރައްވާފައެވެ. ބީލަން ހުށަހަޅުއްވާއިރު ހުރިހާ ލިޔުމެއްގެ އަސްލާއިއެކު އިތުރު ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައި މިވާގޮތަށް އެޑްރެސް ކުރައްވަން ވާނެއްވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
އައްޑޫ ސިޓީ/ ދިވެހިރާއްޖެ
1 ޒުލްޤައިދާ 1440
4 ޖުލައި 2019