ދެންނެވުން
ނަންބަރު: (IUL)305/305/2019/63
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 07 ޖުލައި 2019 14:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ރ. މާކުރަތު މިރުސްމާގެ އެވެ ކިޔާ ބަންޑާރަ ބިމާއި އެބިމުގައިވާ ޢިމާރާތް ރ. މާކުރަތު ކައުންސިލާއި ހަވާލު ކުރުމަށް އެންގުން

އިޢުލާން

ކުރީގެ ރ. މާކުރަތު މިރުސްމާގެ އެވެ ކިޔާ ބަންޑާރަ ބިމާއި އެބިމުގައިވާ ޢިމާރާތް ރ. މާކުރަތު ކައުންސިލާއި ހަވާލު ކުރުމަށް އެންގުން

ރ. މާކުރަތު ރައްޔިތުންގެ ރައްވެހިގެ ނުވަތަ ކުރީގެ މިރުސްމާގެ ހުރި ބަންޑާރަ ބިމާއި އެބިމުގައި ކުރެވިފައިވާ ޢިމާރާތާއި ރުއްގަހާއި ވަޅުފަދަ އެންމެހާއި ތަންތަނާއި ތަކެއްޗަކީ މިކައުންސިލުގެ ތަންތަނާއި ތަކެތި ކަމަށާއި އެބިމާއި ޢިމާރާތް ހިންގައި ބެލެހެއްޓުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު އޮތް ފަރާތަކީ މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލު ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު: 471-CDS6/305/2019/13 (27 ޖޫން 2019) ސިޓީއިން މިކައުންސިލަށް އަންގަވާފައިވާތީ ދަންނަވަމެވެ. 

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ރ. މާކުރަތު ރަށްވެހިގެ (ކުރީގެ މިރުސްމާގެ) ހުރި ބަންޑާރަ ބިމާއި އެބިމުގައި ހުރި އެންމެހައި ޢިމާރާތަތްކާއި ވަޅުފަދަ ތަންތަނާއި އެންމެހައި ތަކެއްޗަކީ، ޤާނޫނީ ހަމަތަކުން މިކައުންސިލުގެ ތަންތަނާއި ތަކެތިކަން އެނގެން އޮތުމުން، މިކައުންސިލުގެ ހުއްދަނެތި ރ. މާކުރަތު ރައްޔިތުންގެ ރަށްވެހިގެ ހުރި ބިމާއި ޢިމާރާތާއި ރުއްގަސް ބޭނުންކުރުން ހުއްޓާލުމަށް އެބިމާއި ޢިމާރާތް ބޭނުން ކުރަމުންގެންދާ ފަރާތްތަކަށް އެންގީމެވެ. އަދި އެބިމުގައި އެއްވެސް ފަރާތެއްގެ އަމިއްލަ އެއްޗެއް ހުރިކަމަށް ޤަބޫލުކުރެވޭނަމަ އެކަން މިކައުންސިލަށް ސާބިތުކޮށް ދިނުމަށްފަހު، މިކައުންސިލުގެ ބެލުމުގެ ދަށުން އެއެއްޗެއް ގެންދެވުމަށް އެންގީމެވެ.

އަދި ދަންނަވަމެވެ. 07 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި އެންމެހައި ތަކެތި މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލާއި ހަވާލުކުރުމަށް އެބިމާއި ޢިމާރާތަށް ކައުންސިލާއި ހަވާލުކުމެއްނެތި ބޭނުންކުރަމުން ގެންދާ ފަރާތަކަށް އަންގާ ޢަންމުކުރީމެވެ.

މަތީގައި ދެންނެވިފައިވާ ރަށްވެހިގެ ޢިމާރާތްކުރުމަށް ކަނޑައަޅުއްވާފައިވާ ބިމުގެ މިލްކުވެރިކަމާމެދު އެއްވެސް ފަރާތަކަށް ސުވާލު އުފެދޭނަމަ ނުވަތަ އެބިން ޙަވާލުކުރައްވާފައިވާ ކަމަށް ވިދާޅުވާނަމަ، ޝަރުޢީ ކޯޓަށް މައްސަލަ ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމުގެ ޙައްޤު ލިބިގެންވާ ވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިކަމުގައި އެއްވެސް މުޢާމަލާތެއް މިކައުންސިލާއި ކުރައްވަން ބޭނުން ފުޅުވެލައްވާނަމަ ލިޔުމުން މިކައުންސިލަށް ހުށަހެޅުމުގެ ފުރުޞަތު އޮތްވާހަކަ ދެންނެވީމެވެ.      

ވީމާ، މިއެންގުމާއި ޚިލާފަށް ޢަމަލު ކުރަމުން ގެންދާނަމަ، ޤާނޫނީ ގޮތުން އެފަރާތަކާއިމެދު މިކައުންސިލުން އަޅަންޖެހޭ ޤާނޫނީ އެންމެހައި ފިޔަވަޅުތައް އަޅަމުންގެންދާނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މިއިޢުލާނާއެކު ކައުންސިލުގެ ނަންބަރު:GR-305/2019/04 (04 ޖުލައި 2010) ޤަރާރު ޢާންމުކުރެވުނު ވާހަކަ ދެންނެވީމެވެ.  

މިހެންވެ، މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

01 ޛުލްޤަޢިދާ 1440

04 ޖުލައި 2019