ޢާންމު މަޢުލޫމާތު
ނަންބަރު: (A)CB-2019/195
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 10 ޖުލައި 2019 02:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބު 2019 މޮނިޓަރ ކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: A)CB-2019/195)

އިޢުލާން

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބު 2019 މޮނިޓަރ ކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

13 ޖުލައި 2019ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބާ ކައުންސިލުގެ އިންތިޚާބުގެ ވޯޓު ނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް )ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން މޮނިޓަރ ކުރުމަށް އެދޭ ފަރާތްތައް) 03 ޖުލައި 2019 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 ން ފެށިގެން 10 ޖުލައި 2019 ވާ ބުދަ ދުވަހުގެ މެންދުރު 02:00 އާއި ހަމަޔަށް އެ ފުރުސަތު ހުޅުވާލައިފީމެވެ.

މި ގޮތުން މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ލިސްޓެއް (ފުރިހަމަނަން، ދާއިމީ އެޑްރެސް، އައިޑީކާޑު ނަންބަރު އަދި ތަމްސީލުކުރާ ފަރާތް ހިމެނޭގޮތަށް) މިކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ. ލިސްޓު ހުށަހަޅުއްވާނީ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން ފެށިގެން މެންދުރު 02:00 ށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޝައްވާލް 1440

03 ޖުލައި 2019