ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2019/191
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 15 ޖުލައި 2019 13:30
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް ސްޕެޝަލިސްޓް

ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު

ހިއުމަން ރިސޯސް ސްޕެޝަލިސްޓް

 

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑުތައް ރިވިއު ކުރުމާގުޅޭ މަސައްކަތްތައް ކުރުމަށްޓަކައި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓޭރިއަޓަށް ހިއުމަން ރިސޯސް ސްޕެޝަލިސްޓެއް ހޯދުމަށް ބޭނުންވާތީ، ކަމާގުޅޭ ދާއިރާއިން ތަޢުލީމު ޙާސިލްކުރައްވާ އަދި ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނަށް ހިއުމަން ރިސޯސް ސްޕެޝަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖުލައި 15 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ)އާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ހިއުމަން ރިސޯސް ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ

ޓެލެފޯން: 3349200

އީމެއިލް އެޑްރެސް: [email protected],

03 ޖުލައި 2019