ވަޒީފާގެ ފުރުޞަތު
ނަންބަރު: GS123/IUL/2019/10
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 09:30
ސުންގަޑި: 11 ޖުލައި 2019 13:50
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
މަސައްކަތު މީހެއްގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

 

 އިންނަމާދޫ ސްކޫލް

       ރ.އިންނަމާދޫ ، ދިވެހިރާއްޖެ

         

 ނަންބަރު: GS123/IUL/2019/10

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

މިސްކޫލުގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުން ވެއެވެ. 

މަގާމު

މަސައްކަތު

މަޤާމުގެ ނަންބަރު:

J-250309

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

ސެކްޝަން

އެޑްމިން

މަޤާމުގެ ރޭންކު

އެސް އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމު އޮތް އޮފީސް

އިންނަމާދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން

އިންނަމާދޫ ސްކޫލް/ ރ. އިންނަމާދޫ

މުސާރަ

މަހަކު -/3،100 ރުފިޔާ.

ސަރވިސް އެލަވަންސް

މަހަކު -/1،000 ރުފިޔާ.

އިތުރު އިނާޔަތްތައް

1. ސަޕޯޓިންގް ކޯ އެލަވަންސް މަހަކު -/1،200 ރުފިޔާ

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1.  ސްކޫލުގެ ގޯތިތެރެއާއި ސްކޫލް ހިމެނޭ ސަރަހައްދުގެ މަގުތައް ކުނިކަހައި ސާފުކުރުމާއި، ކްލާސްތައް  ކުނިކަހައި މޮޕްކުރުމާއި، އެހެނިހެން ކްލާސްތައް ކުނިކަހައި ސާފުކުރުން (ފޮޅައި ސާފުކުރުމާއެކު).
  2. ހަވާލުކުރެވޭ އެންމެހައި އިމާރާތްތައް ކޮންމެ ދުވަހަކު ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، އެއިމާރާތްތަކުގެ ފަންކާތައް ސާފުކުރުން.
  3. ހަވާލުކުރެވޭ ފާޚާނާތައް ކޮންމެ ދުވަހަކު ސާފުކުރުން.
  4.  ސްކޫލުގައި ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކާއި އިމްތިޙާންތަކަށް ހޯލް ތައްޔާރުކުރުމާއި، އެކަން ނިމުމުން ކްލާސްތައް ރޭވުން 
  5. ހަވާލުކުރެވޭ އެންމެހާ މެޝިނަރީސްތައް، ކޮންމެދުވަހަކު ފޮޅައި ސާފުކޮށް ބެލެހެއްޓުން.
  6. އިތުރު ހަރަކާތްތައް ހިންގާ ވަގުތުތަކާއި ދުވަސްތަކުގައި ސްކޫލުން އަންގާގޮތެއްގެ މަތިން މަސައްކަތް ކުރުން.
  7. އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ލިޔެކިޔުންތައް ހަވާލުކުރުމާއި، ދަންނަވަންޖެހޭ ފަރާތްތަކަށް ދެންނެވުން.

   8. ސްކޫލުގެ ފުރާޅުތަކާއި، ދިޔަދޮވިތަކާއި، ފެންތާގީތައް ސާފުކުރުމާއި އެކު ސާފުބޯފެން           ތާންގީތަކަށް އަޅައި ރައްކާކުރުން.

   9. ސްކޫލުގެ އާބާތުރަ ފިލުވުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ، ސްކޫލަށް           އެއްބާރު ލުން ދިނުން.

   10. ސްކޫލުގެ ގަސްތަކަށް ޤަވާޢިދުން ފެންދިނުނަ

   11. ޚާއްޞަ ވާޖިބުތަކުގެ އިތުރުން މުޅިސްކޫލަށް ދިމާވާ ކުއްލި އިމަޖެންސީ ކަންކަމާއި           އެންމެން ޝާމިލުވާން ޖެހޭ ޚާއްޞާ ކަންކަމުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠު ތައް:

ލިޔަންކިޔަން އެނގުން

ނޯޓް:

  • ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމިކަމުގެ ލީވިންގް ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބެލެވޭނެ ކަންތައްތައް

  • ޙާޞިލްކޮށްފައިވާ ތަޢްލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިސްކޫލުގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން           ބޭރުގެ  މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި                 ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ           ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް             އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި              ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 (ނ) ސިވިލް ސަރވިސް ޓްރޭނިންގް އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓް ތަކާއި        ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ފުރިހަމަކޮށްފއިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު       ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން     ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ     ކޮޕީ.

   (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި            މުއްދަތާއި، ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ             އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި             މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ         ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު މިސްކޫލުގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި  11 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 13:50 ގެ ކުރިން، މިސްކޫލުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އަދި އިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. މީގެ އިތުރުން މިވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޢުމުރުން 55 (ފަންސާސް ފަހެއް) އަހަރު ފުރިފައިވާ ފަރާތްތައް އުނިކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

35%    

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަންބޭނުންފުޅުވެލައްވާ ފަރާތްތަކުން 6580359 ނަމްބަރ ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.  އީ-މެއިލް ކުރާނީ [email protected]  އަށެވެ.

30 ޝައްވާލް 1440

03 ޖުލައި   2019

03 ޖުލައި 2019