މަސައްކަތް
ނަންބަރު: S2C-A/2019/14
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 08:34
ސުންގަޑި: 15 ޖުލައި 2019 10:00
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓްގައި މިހާރު ބޭނުންކުރަމުންދާ ކަރަންޓް 3ފޭސް ކަރަންޓަށް އަމިއްލަ ތަކެތީގައި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

          އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓްގައި މިހާރު ބޭނުންކުރަމުންދާ ކަރަންޓް 3ފޭސް ކަރަންޓަށް  އަމިއްލަ  ތަކެތީގައި  ބަދަލުކޮށްދޭނެ  ފަރާތެއް  ހޯދުމަށް ކުރެވުނު މިކޯޓްގެ  ނަންބަރ S2C-A/2019/13 އިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް އެއްވެސް ފަރާތަކުން ހާޟިރުވެފައި ނުވާތީ އެއިއުލާން ބާތިލްކޮށް އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓްގައި މިހާރު ބޭނުންކުރަމުންދާ ކަރަންޓް 3ފޭސް ކަރަންޓަށް އަމިއްލަ ތަކެތީގައި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.

          ވީމާ، މަތީގައި ދެންނެވިފައިއެވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 09 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

          މަޢުލޫމާތު ސާފުކުރުމަށާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.

03 ޖުލައި 2019