ދިވެހިރާއްޖެ
މިމިނިސްޓްރީގެ ނަންބަރު IUL) 88-LS/1/2014/2)ފ(11 ފެބުރުވަރީ 2014) ގެ އިޢުލާނުގައި ލިޔުމުގެ ކުށެއްވާތީ، ތިރީގައި މިވާގޮތަށް އެއިޢުލާނު އިޞްލާޙުކުރެވުނު ވާހަކަ ޢާންމުކޮށް އެންގީމެވެ. އަދި މިދެންނެވި އިޢުލާނު ބާޠިލުކޮށްފައިވާ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް މިމިނިސްޓްރީއިން ކުއްޔަށްދޫކޮށްފައިވާ ލ. ކައްދޫން ކަނޑައަޅާފައިވާ ބިމާއި އަދި އެބިމުގެ ބަދަލުގައި ކުއްޔަށްދީފައިވާ ކ. އަތޮޅު ބޮލިދުއްފަރު އަދި ވާވެއްދިފަޅު ކުއްޔަށްދިނުމާބެހޭ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހައި ޙައްޤުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، މިދެންނެވި ބިމާއި އަދި ފަޅާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއްވާނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން މި މިނިސްޓްރީއަށް އަންގަވައިދެއްވުމަށް އެދި ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
16 ރަބީޢުލްއާޚިރު 1435