ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MAI-108/MAI/2019/43)
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 10 ޖުލައި 2019 13:45
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ނަންބަރ: IUL)MAI-108/MAI/2019/43)

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ 

މަޤާމުގެ ނަންބަރު:

J-126057

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

ސެޝަން އަދި ދަންފަޅި

އެޑްމިން / ހެނދުނު ދަންފަޅި (07:30-13:30)

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

އެޑްމިން

މަޤާމް އޮތް އޮފީސް:

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، މާލެ

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލެވަންސް:

-/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލެވަންސް: -/700 ރުފިޔާ 

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޢިނާޔާތްތައް (އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ ޢިނާޔަތް) ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ލިބޭނެއެވެ. އަދި، ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

ދާއިރާ

ޝަރުޠު

އެޑްމިނިސްޓްރޭޝަން

މެނޭޖްމެންޓް

އިންފޮމޭޝަން ޓެކްނޮލޮޖީ

ހިއުމަން ރިސޯސް މެނޭޖްމެންޓް

 

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާންގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބިތައް

1- ރިސެޕްޝަން ބެލެހެއްޓުން

1.1- ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މަދަރުސާގެ ރިސެޕްޝަނަށް ޙަވާލުކުރާ ސިޓީއާއި އެހެނިހެންތަކެތި، ޤަވާޢިދާ އެއްގޮތަށް ޙަވާލުވެ ޤަވާޢިދުން އެންޓްރީކުރަމުން ގެންދިއުމާއި، އަދި

1.2-ކުރީ ދުވަހު އެންޓްރީ ކުރިތަކެތި ޖެހިގެން އަންނަ ދުވަހުގެ 10:00 ގެކުރިން ޕްރިންސިޕަލް ލައްވައި ސޮއިކުރުވައި ސެކްޝަންތަކުގެ ވެރިންނަށް ލިޔުމުން ޙަވާލުކުރުން.

 

1.3-މުވައްޒަފުންނަށް ހަވާލުކުރުމަށް ރިސެޕްޝަނަށާ ޙަވާލުކުރާތަކެތި އެއެއްޗެއް ހަވާލުކުރާތާ 10މިނެޓްތެރޭގައި ޙަވާލުކުރަންޖެހޭ މުވައްޒަފަށް ހަވާލުކުރުން.

1.4-ފޯނު ކޯލްތަކަށް ސިވިލް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް ޖަވާބު ދާރީވުން.

1.5-ސްކޫލުން އެންޓްރީ ކުރެވޭ ހުރިހާ ލިޔެކިޔުންތަކެއް ޕްރިންސިޕަލް ސޮއި ކުރުމަށްފަހު ސެކްޝަން ތަކަށް ހަވާލު ކުރުމުގެ ކުރިން ސްކޭންކޮށް ސާވާގެ ސްކޭން ފޯލްޑާއަށް ސޭވްކުރުން.

2- ސްކޫލް މެއިލް ބެލެހެއްޓުން:

2.1- ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ގެކުރިން ސްކޫލް ޖީމެއިލް ޗެކްކޮށް ޕްރިންޓް ކުރަންޖެހޭ ތަކެތި ޕްރިންޓްކޮށް އެންޓްރީ ކުރުމަށް ފަހު ޕްރިންސިޕަލް ލައްވައި ސޮއިކުރުވައި ޙަވާލުކުރަންޖެހޭ ސެކްޝަނުގެ ވެރިޔާއަށް ޙަވާލުކުރުވުން.

2.2- ސްކޫލް މެއިލްގައި ހުންނަތަކެތީގެ ތެރެއިން ވަގުތުން ޖަވާބު ދޭންޖެހޭތަކެތި ޕްރިންޓްކޮށް އެންޓްރީކުރުމަށް ފަހު، ޕްރިންސިޕަލް ލައްވައި ސޮއިކުރުވުމަށް ފަހު ޙަވާލުކުރަންޖެހޭ ސެކްޝަނަކަށް ޙަވާލުކުރުން

3- ސްކޫލް ޖެމްސް ބެލެހެއްޓުން:

3.1- ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އަދި 12:30 ގައި ސްކޫލްގެ ޖެމްސް ޗެކުކޮށް ޕްރިންޓްކުރަންޖެހޭ ތަކެތި ޕްރިންޓްކޮށް ޤަވާޢިދުން އެންޓްރީ ކުރުމަށް ފަހު މުވައްޒަފުގެ ރަސްމީ ގަޑި ނިމުމުގެކުރިން ޕްރިންސިޕަލް ލައްވައި ސޮއިކުރުވައި، ސެކްޝަންތަކުގެ ވެރިންނަށް ލިޔުމުން ޙަވާލުކުރުވުން.

4- ދަރިވަރުންގެ ކަންކަން ބެލެހެއްޓުން

4.1- ދަރިވަރުންނަށް ޙަވާލުކުރުމަށް ރިސެޕްޝަނާ ޙަވާލުކުރާ ތަކެތި އެއެއްޗެއް ޙަވާލުކުރާތާ 10 މިނެޓް ތެރޭގައި ޙަވާލުކުރަންޖެހޭ ދަރިވަރަށް ޙަވާލުކުރުން.

4.2- ގަޑި ޖެހިގެން އަންނަ ދަރިވަރުންގެ ސްލިޕް ފުރިހަމަކޮށް ގްރޭޑް ލީޑިން ޓީޗަރަށް ދުވަހުން ދުވަހަށް ޙަވާލުކުރުން.

4.3- އެކިއެކި ކަންކަމުގައި ގެއަށްދާ ދަރިވަރުން ގެއަށްދަނީ ޤަވާޢިދާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ފަހު ގެއަށް ފޮނުވޭ ދަރިވަރުންގެ ރެކޯޑް ޤަވާޢިދުން ބަލަހައްޓަމުން ގެންދިއުން

4.4- އެކިއެކި ކަންކަމުގައި މަދަރުސާއަށް އަންނަ ބެލެނިވެރިންނަށް ސިވިލްސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތަށް މުޢަމަލާތުކުރަމުން ގެންދިއުން

4.5- ގަނޑިޖެހިގެން ލަހުން އަންނަ ދަރިވަރުން ސްކޫލް ގޭޓުން ވެއްދުމުގެކުރިން އެ ދަރިވަރުގެ ލީޑިންގޓީޗަރަށް އެކަން އަންގައި މިފަދަ ދަރިވަރުންގެ ރެކޯޑް ޤަވާޢިދުން ބެލެހެއްޓުން.

5- އެހެނިހެން މަސައްކަތް:

5.1- މަދަރުސާއަށް ޙާޟިރުވުމަށް އެންގޭ ޖަލްސާތަކަށާއި ހަފްލާތަކަށް ހާޟިރުވެ ބައިވެރިވުން.

5.2- މަދަރުސާގެ އެކިއެކި ކަންކަމުގައި ކުރުމަށް ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ގަޑިއަށް ނިންމުން.

 

 

މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. މެރިޓް ޢުސޫލުން އެންމެ މަތީ މާރަކްސްއެއް ލިބޭ ފަރާތެއް
  2. ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމުގެ ސިފަތައް

 

އިންޓަރވިއު ކުރުން

1. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖުލައި 17 އާއި 2019 ޖުލައި 24 އާ ދެމެދު، އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 06 ވަނަ ފަންގިފިލާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

2. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 10 ވާ ބުދަ ދުވަހުގެ 13:45 ގެ ކުރިން، އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ކައުންޓަރަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 05 (ފަހެއް) ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ%30އެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323627 ނަންބަރު ފޯނާއެވެ.

29 ޝައްވާލު 1440

02 ޖުލައި 2019