ދިވެހިރާއްޖެ
ނަންބަރު: (IUL)/SDFC/2019/11
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ހިންގާނެ އޮފީސް އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ
އިޢުލާން
އަންދާސީ ހިސާބު ހޯދުން
މި ކޯޕަރޭޝަނުގެ އޮފީސް ހިންގުމަށްޓަކައި 5000 އަކަފޫޓަށްވުރެ ބޮޑު އޮފީސް ޢިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވާތީވެ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 9 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 14:00 އަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނަށް (ހ. ސަކީނާ މަންޒިލް ތިންވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޞިރުނުވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ނަންބަރު 3306999 ފޯނާ ގުޅުއްވުން އެދެމެވެ.
29 ޝައްވާލް 1440
2 ޖުލައި 2019