ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MCIF/1/2019/4
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި:
09 ޖުލައި 2019 14:30
މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ
އިޢުލާން ނަންބަރ: IUL)MCIF/1/2019/4)
ވަޒީފާގެ ފުރުޞަތު
ތިރީގައި މި ދަންނަވާ މަޤާމަށް މިކުންފުންޏަށް މުވައްޒަފަކު ބޭނުންވެއްޖެ އެވެ.
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު : 1 (އެކެއް)
މަޤާމުގެ މަސްޢޫލިއްޔަތުތައް:
- ކުންފުނީގެ ރިސެޕްޝަން ބެލެހެއްޓުމާއި ކުންފުންޔަށް އަންނަ ތަކެތި ބަލައިގަނެ، އެންޓްރީ ބެލެހެއްޓުން؛
- ކުންފުނިން ފޮނުވާ ސިޓީތަކާއި ލިޔެކިއުންތައް ތައްޔާރުކުރުމުގަޔާއި ފޮނުވުމުގައި އެހީތެރިވުން؛
- ކުންފުނީގެ މީޓިންގތައް ހަމަޖައްސައި އެޖެންޑާ ތައްޔާރުކުރުމާއި، ޔައުމިއްޔާ ލިޔުމާއި އަދި މީޓިންގ ތަކުގެ ރެކޯޑުތައް ބެލެހެއްޓުން؛
- ކުންފުނީގެ ފައިލިންގ ސިސްޓަމް ބެލެހެއްޓުން؛
- މީގެއިތުރުންވެސް ކުންފުނީގެ އިދާރީ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުން.
- ކުންފުނީގެ ސްޓޮކް ބެލެހެއްޓުމާއި ތަކެތި ދޫކުރުން؛
- ކުންފުނީގެ މަސައްކަތްތަކައް ބޭނުންވާނެ ތަކެތި ހޯދުމުގެ އިދާރީ އެންމެހާ މަސައްކަތް ކުރުމާއި އެތަކެތި ލިބުމުން ސްޓޮކަށް ވެއްދުން؛
މަޤާމުގެ ޝަރުތު:
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން
- ދާއިރާއާއި ގުޅޭ 02 (ދެ) އަހަރުގެ މަސައްކަތުގެ ތަޖުރީބާ ލިބިފައިވުން؛
- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން؛
- ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއި އެކު މުޢާމަލާތު ކުރަން އެނގުން،
- މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އެޕްލިކޭޝަން ހުށަހަޅަންޖެހޭ ތާރީޚު: |
09 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ނަމަ [email protected] އަށް ފޮނުވުމަށް އެދެމެވެ.
|
ކުންފުނީގެ އެޑްރެސް: މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިން ފައިނޭންސް ލިމިޓެޑް ހ.ހުޅުގަލި / 4 ވަނަ ފަންގިފިލާ، ކަރަންކާމަގު މާލެ، ދިވެހިރާއްޖެ ފޯން:3008300 އީމެއިލް: [email protected] ނޯޓް: މި މިޤާމަށް އިންޓަވިއުއަށް ކިޔޭނީ ހަމަ އެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. |
02 ޖުލައި 2019