ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2019 | 024
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 10:23
ސުންގަޑި: 10 ޖުލައި 2019 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ

 

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލް

ތަޢުލީމާއި ތަޖުރިބާ:

  1. ޕްރޮކިއުމެންޓް އެންޑް ސަޕްލައިސް އިން ބެޗެލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން. ނުވަތަ
  2. މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން. ނުވަތަ
  3. ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން
  4. ޕްރޮޖެކްޓްތައް މެނޭޖްކުރުމާއި ޕްރޮކިއުމެންޓް މަސައްކަތުގެތަޖުރިބާ ލިބިފައިވުން
  5. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-      ހޮސްޕިޓަލްގެ ޕްރޮކިއުމެންޓް މަސައްކަތްތައް ރާވާ، ހިނގާނުހިނގާގޮތް ބެލެހެއްޓުން

2-      ހޮސްޕިޓަލްގެ ޕަރޗެސް ކޮމިޓީގެ މަސައްކަތްތައް ރާވާ އިންތިޒާމްކޮށް ބެލެހެއްޓުން

3-      ހޮސްޕިޓަލްގައި ހިނގާ ހުރިހާ ޕްރޮޖެކްޓްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން

މުސާރައާއި އިނާޔަތް :

މުސާރަ:                8355.00 ރުފިޔާ

ސަރވިސް އެލަވަންސް:      2000.00 ރުފިޔާ

ރިސްކް އެލަވަންސް:        75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)

އެޓެންޑެންސް އެލަވަންސް:     126.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)

 

ކުރިމަތިލުމުގެ ސުންގަޑި: 10 ޖުލައި 2019 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.ވަޒީފާއަށް އެދޭ ފޯމު.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

02 ޖުލައި 2019