ދިވެހިރާއްޖެ
ނަމްބަރ: (IUL)334/334/2019/75
އިޢުލާން
ކ.ހުރާ ކޭމްޕް ސައިޓްގައި ކުރަން ހުރި މަރާމާތުތަށް ކޮށްދޭނެ ފަރާތެއް ހޯދުން.
މިރަށު ކޭމްޕް ސައިޓްގައި ކުރަން ހުރި މަރާމާތުތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 20 ޖޫން 2019ގައި ކުރި އިޢްލާން ނަންބަރު: (IUL)334/334/2019/68 އަށް އެއްވެސް ފަރާތަކުން މަޢްލޫމާތު ސާފުކޮށްފައި ނުވާތީ އެ އިޢްލާން ބާތިލުކޮށް އަލުން އިޢްލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 08 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތް ތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންވަމެވެ.
28 ޝައްވާލް 1440
01 ޖުލައި 2019